މާލެ ލޮކްޑައުންގައި؛ މާދަމާރެއިން ފެށީގެން ހުއްދަނެތި ބޭރުގައި އުޅެވޭ ވަގުތުވެސް މިހާރު ވަނީ އިތުރުކޮށްފައި
މާލެ ލޮކްޑައުންގައި؛ މާދަމާރެއިން ފެށީގެން ހުއްދަނެތި ބޭރުގައި އުޅެވޭ ވަގުތުވެސް މިހާރު ވަނީ އިތުރުކޮށްފައި
މާދަމާ އިން ފެށިގެން ހުއްދަ ނެތި ރޭގަނޑު 11:30އާއި ހަމައަށް ބޭރުގައި އުޅެވޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ، މާލޭގައި އޮތް ފުރަބަންދުގެ މުއްދަތު ބޮޑެތި ލުއިތަކާއިއެކު 15 ދުވަހަށް އިތުރުކުރުމަށް ނިންމާފައިވާކަމަށެވެ. މަބްރޫކް އަޒީޒް ވިދާޅުވީ މިހާރު އިތުރަށް ދޭން ނިންމި ލުއިތަކުގެ ތެރޭގައި ރޭގަނޑު 23:00 އާއި ހަމައަށް އިތުރު ހުއްދައެއް ނެތި މަގުމައްޗަށް ނުކުތުމުގެ ފުރުސަތު ދިނުން ހިމެނޭ ކަމަށެވެ.

އެހެން ނަމަވެސް އަދިވެސް 23:00 އާއި ފަތިހު 05:30 އާއި ދެމެދު މަގުމައްޗަށް ނުކުތުމަކީ މަނާ ކަމެއް ކަމަށް މަބުރޫކް ވިދާޅުވިއެވެ. މީގެ ކުރިން ކަސްރަތު ކުރުމާއި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނަށް ހާއްސަ ވަގުތެއް ކަނޑައަޅާފައި އޮތް ނަަވެސް މިރޭގެ ފަތިހުން ފެށިގެން ކޮންމެ ރެއެއްގެ ރޭގަނޑު 11:00 އާއި ހަމައަށް އެންމެންނަށް ވެސް ބޭރަށް ނުކުމެ އުޅެވޭނެ ކަމަށް މަބުރޫކް ވިދާޅުވިއެވެ. މީގެ އިތުރުން އެއްތަނަކަށް 30 މީހުންނަށްވުރެ އިތުރު ނުވާ ގޮތެއްގެ މަތިން އެއްވެ އުޅެވޭނެ ކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ.

އެގޮތުން ހިދުމަތްދޭ ތަންތަނުން ވެސް އެއް ފަހަރާ 30 މީހުންނަށް ހިދުމަތް ދޭއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭނެ ކަމަށް ވެސް މަބުރޫކް ވިދާޅުވި އެވެ. އެގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޗްޕީއޭއިން މިހާރު އާންމުކޮށްފައިވާނެ ކަމަށް ވެސް މަބުރޫކް ވިދާޅުވި އެވެ.

އަދި މާލެ ސަރަހައްދުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ވެސް މާދަމާއިން ފެށިގެން ވަނީ ދީފަ އެވެ. ނަމަވެސް އުމުރުން 12 އަހަރުން ދަށުގެ ކުދިންނަށް ހަރަކާތްތައް ހިންގާ އެކަޑަމީތަކަށް އަދި ހުއްދަ ދީފައިނުވާކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން