އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު
އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު
ރަށްރަށުން މާލެ އަންނަން ބޭނުންވާ މީހުންނަށް މިހާރު އެއްވެސް ހުރަހެއް ނެތް ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ، އާ މަރުހަލާގެ ލުއިތަކާއެކު ރަށްރަށުން މާލެ ދަތުރު ކުރުމުގެ ހުއްދަ ނަގާކަށް ނުޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް މާލެ އިން ރަށްރަށަށް ދަތުރު ކުރަން ޖެހޭނީ އަދިވެސް ހުއްދަ ނަގައިގެން ކަމަށާއި، ރަށްރަށަށް ދަތުރު ކުރާ މީހުން 14 ދުވަސް ވަންދެން ރަށުގައި ކަރަންޓީން ވާން ވެސް ޖެހޭނެ ކަމަށް މަބުރޫކް ވިދާޅުވިއެވެ.

"މާލެ އިން ބޭރަށް ދަތުރުކުރާނަމަ ހާލުބެލުން އެޕްލިކޭޝަން މެދުވެރިކޮށް މިކަން ކުރުމަށް، މިކަން ކުރާ ގޮތަކީ ހާލު ބެލުން ވެބްސައިޓަށް ކޮންމެ ބޭފުޅަކަށް ވެސް ވަދެވޭ ގޮތަށް އިންނާނީ، ލޮގިން ވުމަށްފަހު ހުއްދަ އަކަށް އެދެން ފުރަންޖެހޭ ފޯމެއް އެ އެޕިކޭޝަންގައި އޮވޭ، އެފޯމް ފުރުމަށްފަހު ވެރިފައި ކުރުމަށް ޓީމްތަކުން ގުޅާނެ އެއަށްފަހު ސާފު ކުރަންޖެހޭ މައުލޫމާތު ކައުންސިލްތަކާއި އެލްޖީއޭ ގުޅިގެން ސާފު ކުރުމަށްފަހު ހުއްދަ ދޭގޮތަށް ހަމަޖެހިފައި އޮތީ. އެ ހުއްދަ ހިފައިގެން ފުލައިޓްތަކާއި ފެރީތަކަށް އެރޭނީ. ރަށައްދާއިރުވެސް އެ ހުއްދަ ހެއްކެއްގެ ގޮތުގައި އަތުގައި އޮންނަންޖެހޭނެ." މަބުރޫކް ވިދާޅުވިއެވެ.

މާލޭގައި އޮތް ފުރަބަންދުގެ ހާލަތު ބޮޑެތި ލުއިތަކާއިއެކު 15 ދުވަހަށް އިތުރުކުރުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން