އއ. އަތޮޅު ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައި ނުވާކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ އއ. އަތޮޅު ހޮސްޕިޓަލް ތަރައްޤީ ކުރުމުގެ މަސައްކަތަކީ ކުވެއިތު ފަންޑުގެ ލޯނުއެހީގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަސައްކަތެއް ކަމަށެވެ.
އަމީރު ވިދާޅުވީ އއ. އަތޮޅު ހޮސްޕިޓަލް ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި މިވަގުތު ކުރިއަށްދަނީ ޓެންޑަރ ކުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ މަސައްކަތްތައް ކަމަށެވެ. އެގޮތުން ކުވެއިތު ފަންޑު މެދުވެރިކޮށް މަޝްރޫޢަށް ބޭނުންވާ ފައިސާ މިހާތަނަށް ހަމަޖެހިފައި ނުވާކަމަށް އަމީރު ވިދާޅުވެފައެވެ.
އަމީރު ވިދާޅުވީ މަޝްރޫޢަށް ބޭނުންވާ ފައިސާ ހަމަޖެހުމުން އެ މަސައްކަތް ޓެންޑަރ ކުރުމަށްފަހު ޓެންޑަރ ކާމިޔާބު ކުރާ ފަރާތާ ހަވާލުކުރާނެ ކަމަށެވެ. އަދި އެހޮސްޕިޓަލަކީ 50 އެނދުގެ ހޮސްޕިޓަލަކަށް ވާތީ ހޮސްޕިޓަލް ނިމޭއިރު އެ ދަރަޖައިގެ ހޮސްޕިޓަލްތަކުން ދިނުމަށް ހަމަޖެހިފައިވާ ހުރިހާ ޚިދުމަތްތަކެއް ލިބެން ހުންނާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ މިމޭރުމުން ވިދާޅުވެފައިވާއިރު، ކުވެއިތު ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭ.އެފް.އޭ.އީ.ޑީ)ގެ އެހީގެ ދަށުން ބިނާކުރާ ހަތް ހޮސްޕިޓަލެއް އިމާރާތްކުރުމަށް ޙަވާލުނުކުރެވި ލަސްވަނީ ކުވެއިތު ފަންޑުން "ނޯ އޮބްޖެކްޝަން" ނުލިބޭތީ ކަމަށްވެސް މީގެކުރިން އަމީރު ވިދާޅުވިއެވެ.
އެ މަޝްރޫޢުގައި ހޮސްޕިޓަލް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހދ.ހަނިމާދޫ އާއި ށ.މިލަންދޫ އާއި ނ.ވެލިދޫއާއި ކ.ތުލުސްދޫ އާއި އދ.މާމިގިއްޔާއި ވ.ފެލިދޫގެ އިތުރުން ތ.ވިލުފުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު