ކެބިނެޓް ވަރކިންގ ސެޝަންގެ ތެރެއިން
ކެބިނެޓް ވަރކިންގ ސެޝަންގެ ތެރެއިން
ކޮވިޑް-19 އަށްފަހު ގެންނަ ބަދަލުތަކުގައި، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްތަކަށް އިސްކަންދީގެން ބަދަލުތައް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

ރައީސް ސޯލިހު މިގޮތަށް އެދިވަޑައިގެންނެވީ ކޮވިޑް-19 އަށްފަހު މި އަހަރުގެ ބަޖެޓް އަލުން މުރާޖައާކޮށް އެކުލަވާލުމާއި، 2021 ވަނަ އަހަރުގެ މެދުރާސްތާގެ ބަޖެޓާއި ބެހޭ މަޝްވަރާތައް ކުރުމަށް ބޭއްވި ކެބިނެޓް ވަރކިންގ ސެޝަނުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހޯމަ ދުވަހު ބޭއްވި މިބައްދަލުވުމުގެ ރައީސް ސޯލިހު ރިޔާސަތު ބަލަހައްޓަވާ ދެއްކެވި ވާހަކަފުޅުގައި ކޮވިޑް-19 އަށްފަހު ގައުމު އާރާސްތުކޮށް އިގްތިސާދު އިޔާދަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން ބަޖެޓަށް ގެންނަންޖެހޭ ބަދަލުތައް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި ކޮވިޑް-19 އަށްފަހު ގެންނަ ބަދަލުތަކުގައި، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްތަކަށް އިސްކަންދީގެން ބަދަލުތައް ގެނައުމަށް ވަޒީރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

ކޮވިޑް-19 އަށްފަހު ރާއްޖޭގެ މާލީ ހާލަތަށް އައި ބަދަލުތަކާއެކު މިއަހަރުގެ ބަޖެޓަށް ބަދަލު ގެނައުމަށް ފިނޭންސް މިނިސްޓްރީން ހުށަހަޅާ ކަންތައްތަކުގެ މައުލޫމާތު، މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު ވަނީ މި ސެޝަނުގައި ހިއްސާ ކުރައްވާފައެވެ.

ވަކިވަކި އިދާރާތަކުގެ ބަޖެޓަށް ގެންނަ ބަދަލުތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވުން ވެސް މިސެޝަނުގައި ކުރިއަށް ގެންގޮސްފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން