މާލޭގައި ހިންގާ ކަންމަތީ ފިހާރައެއް؛ މިއަދުން ފެށިގެން ކެފޭ. ހޮޓާ ރެސްޓޯރެންޓް އައި ފިހާރަތައް ވަކި ވަގުތު ތަކެއްގައި ހުޅުވޭނެ
މާލޭގައި ހިންގާ ކަންމަތީ ފިހާރައެއް؛ މިއަދުން ފެށިގެން ކެފޭ. ހޮޓާ ރެސްޓޯރެންޓް އައި ފިހާރަތައް ވަކި ވަގުތު ތަކެއްގައި ހުޅުވޭނެ
މިއަދުން ފެށިގެން ކެފޭތަކާއި ހޮޓާތަކާއި ރެސްޓޯރަންޓް އަދި ފިހާރަތައް ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް ހުޅުވުމުގެ ހުއްދަ ސަރުކާރުން ދީފި އެވެ.

ނޭޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ފިހާރަތަކާއި ކެފޭތަކާއި ހޮޓާ، ރެސްޓޯރަންޓްތައް ހެނދުނުން ފެށިގެން ރޭގަނޑު 10:00 އާ ހަމައަށް ހުޅުވައި ހިދުމަތް ދެވޭނެ ކަމަށާއި ހިދުމަތް ދެވޭނީ އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަަވަޅުތައް އަޅައިގެން ކަމަށެވެ.

އެގޮތުން ގައިދުރުކަން ބެހެއްޓޭނެ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމާއި އަތްދޮވެ ސާފުތާހިރުވެވޭނެ އިންތިޒާމްތައް ހަމަޖެހިފައި ހުންނަން ޖެހޭނެ ކަމަށް މަބުރޫކު ވިދާޅުވިއެވެ. ފިހާރަތަކާއި ކެފޭތައް ރޭގަނޑު 10:00 ގައި ބަންދުކުރި ނަމަވެސް ޑެލިވަރީގެ ހިދުމަތް ރޭގަނޑު 11:00 އަށް ކުރިޔަށް ގެންދެވޭނެ ކަމަށް މަބުރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން ސުކޫލުތަކުގެ ކިޔެވުން މިއަދު ވަނީ ފަށާފައެވެ. އަތޮޅުތަކުގައި ކިޔަވައިދޭނީ ގުރޭޑް އެކަކުން ފެށިގެން 12 އަށެވެ. މާލޭ ސަރަހައްދުގެ ސުކޫލްތަކުގައި ކިޔަވައިދޭނީ ގްރޭޑް ނުވައަކުން 12 އަށެވެ. ސުކޫލްތައް ހުޅުވި ނަމަވެސް ޓިއުޝަން ސެންޓަރުތަކުން ހިދުމަތް ދިނުން މަނަލެވެ. އެކަމަކު ހަޔާ އެޑިއުކޭޝަންގެ ހުރިހާ މަރުކަޒުތަކެއް ވެސް މިއަދު ހުުޅުވާލާނެ އެވެ.

ބޯކޮށާ ތަންތަނާއި ސެލޫންތައް ހުޅުވުމުގެ ހުއްދަ ވެސް މިހާރު ވަނީ ދީފަ އެވެ. ނަމަވެސް އެ ތަންތަނަށް އެއް ފަހަރާ ވަދެވޭނެ މީހުންގެ އަދަދު ބޭރުން ފެންނަން ހުންނަ އިރު ބޭނުންކުރާ ތަކެތީގެ ސާފުތާހިރުކަން ކަށަވަރުކުރަން ޖެހެއެވެ.

ގެސްޓް ހައުސްތައް ހުޅުވުމުގެ ހުއްދަވެސް ދީފައިވާއިރު ހުރިހާ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ދަތުރުތައް ވެސް މިއަދު ފެށުމަށް ވަނީ ނިއްމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން