މިއަދުން ފެށިގެން ޓީމް ކުޅިވަރުތައް ކުރިއަށްގެންދިއުމުގެ ހުއްދަ ދީފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ ކުޅިވަރު ކުޅުމަށް މާލެ ސަރަހައްދު މިހާރު ހުޅުވާލެވިފައިވާ ކަމަށާއި، އެގޮތުން ޓީމް ސްޕޯޓްއަށް މިހާރު ހުއްދަ ދީފައިވާ ކަމަށެވެ.
"ކުޅިވަރު ކުރުމަށް މިއޮތީ ހަމަ މާލެ ސަރަހައްދުވެސް ހުޅުވާލެވިފައި. ޓީމް ސްޕޯޓްސް ކުޅުމަށް މިވަނީ ހުއްދަ ލިބިފައި. އެހެން ނަމަވެސް ޔޫތު މިނިސްޓްރީން މިކަމާ ގުޅޭ ޓައިމްލައިނެއް ނެރުއްވާނެ ސަމާލުވާން ޖެހޭ ކަންކަމަކީ ކޮބައިކަން." މަބްރޫކް ވިދާޅުވިއެވެ.
ޓީމް ސްޕޯޓްސް ކުޅިވަރުތަކަށް ހުއްދަ ދީފައިވީ ނަމަވެސް ކުޑަކުދިންނަށް ހިންގާ ސްޕޯޓްސް އެކަޑަމީތަކުގައި 12 އަހަރުން ދަށުގެ ކުދިން ބައިވެރިކޮށްގެން ހަރަކާތްތައް ހިންގުން އަދިވެސް މަނާވާނެ ކަމަސް މަބްރޫކް ވިދާޅުވިއެވެ.
އެހެން ނަމަވެސް 12 އަހަރުން ދަށުގެ ކުދިންނަށް ބޭރަށް ކުޅެން ގޮސް އުޅެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު