ތ. އަތޮޅު ކޮމޯ މާލިފުށި ރިސޯޓުން މާލެދާން ފުރި ލޯންޗެއްގައި ރޯވެ އަނދާ ހުލިވެފައި. (ފޮޓޯ: ސޯޝަލް މީޑިއާ/ އަޒްވަރު)
ތ. އަތޮޅު ކޮމޯ މާލިފުށި ރިސޯޓުން މާލެދާން ފުރި ލޯންޗެއްގައި ރޯވެ އަނދާ ހުލިވެފައި. (ފޮޓޯ: ސޯޝަލް މީޑިއާ/ އަޒްވަރު)
ތ. އަތޮޅު ކޮމޯ މާލިފުށި ރިސޯޓުން ފުރައިގެން މާލެދާން ނުކުތް ލޯންޗެއްގައި ރޯވެ އަނދާ ހުލިވެއްޖެއެވެ.

ފުލުހުންގެ ބުނީ މިއަދު ހެނދުނުގެ ވަގުތެއްގައި ތ. އަތޮޅުން ފުރައިގެން މާލެއަށް ދަތުރު ކުރި ލޯންޗުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދެ މީހަކު ފިހިފައިވާ ކަމަށެވެ.



އެއީ ދިވެއްސަކާއި ބިދޭސީއެއް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ކަމާގުޅޭ އިތުރު ތަފްސީލް ފުލުހުން ހާމައެއް ނުކުރެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ލޯންޗުގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލާފައެވެ. އެހެން ނަމަވެސް ލޯންޗް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެ.

އަލިފާން ނިއްވާލުމުގެ މަސައްކަތުގައި އެ ރިސޯޓުގެ މުވައްޒަފުން ވަނީ ޙަރަކާތްތެރިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން