މާލޭގައި ފެންބޮޑުވުމުގެ ސަބަބުން 3 ގެއަކަށް ގެއްލުން ލިބިގެން ރިޕޯޓް ކޮށްފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ހާމަކޮށްފިއެވެ.

އެންޑީއެމްއޭ އިން މިއަދު ބުނެފައިވަނީ މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގޭގެއަށް ފެންވަދެ ގެއްލުންތަކެއް ލިބިފައިވާތީ އެކަމަށް ޙައްލެއް ހޯދުމަށް ސިޓީ ކައުންސިލާ ގުޅިގެން މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އެގޮތުން ބައެއް ގޭގެއަށް ފެން ނުވަންނަ ގޮތަށް ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

އެންޑީއެމްއޭ އިން ބުނީ ފެންބޮޑުވުމާ ގުޅިގެން ގޭތެރެއަށް ނަޖިސްބޭރުވެ ބައެއް ގޭގޭގައި ފެންބޮޑުވެފައިވާ ކަމަށެވެ. އަދި ފަރުނީޗަރާއި ހިފާގެންގުޅޭތަކެއްޗަށް ގެއްލުން ލިބިގެން 3 ގެއަކުން ރިޕޯޓް ކޮށްފައިވާކަމަށް އެންޑީއެމްއޭ އިން މަޢުލޫމާތުދެއެވެ.

ގެއްލުން ލިބިގެން ރިޕޯޓްކުރި ގެތަކުގެ ޙާލަތު ބަލަމުންދާކަމަށް އެންޑީއެމްއޭ އިން ބުނެފައިވެއެވެ.

މާލެއަށް ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ވަނީ ދެ ފޫޓާއި ތިން ފޫޓަށް ފެން ބޮޑުވެފައެވެ. ފެން ބޮޑުވުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ހުރި ކުނިތައްވެސް އަންނަނީ ފެންގަނޑުގެ ތެރެއިން އޮޔާދަމުންނެވެ. އަދި ވެހިކަލްތައް ދުއްވުމަށްވެސް ވަނީ ދަތިތައް ކުރިމަތިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން