ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އައްޑޫ ރައްޔިތުންގެ ޗޮއިސްއަކަށް ވާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިޙް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެ އެވެ.
ޝަރީފް މިއަދު ވިދާޅުވީ އައްޑޫ ރައްޔިތުންނަކީ ވިސްނުންތެރިން، ތޫނުފިލި ބައެއް ކަމަށާއި އެ ސިޓީގެ ތަރައްގީ އާއި ކުރިއެރުމަށް އެރައްޔިތުން އިސްކަން ދޭނެ ކަމަށެވެ.
އެގޮތުން ރިޔާސީ އިންތިޚާބުގައި އައްޑޫ ރައްޔިތުންގެ ޗޮއިސް އަކީ ރައީސް ޞާލިޙް ކަމަށާއި އައްޑޫ ތަރައްޤީ ކުރެއްވުމަށްޓަކައި ރައީސް ޞާލިޙްގެ ސަރުކާރުން ދަރަންޏަށް ފައިސާ ނަންގަވާފައިވާކަން ރައްޔިތުންނަށް އެނގޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.
"ވީމާ ރައީސް ޞާލިޙަކީ އަޅުގަނޑުމެންގެ ޗޮއިސް. އައްޑޫ ރައްޔިތުންގެ ޗޮއިސް." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މިހާރު އައްޑޫގައި ކުރިއަށްދާ މަޝަރޫޢުތައް މަޑުޖައްސާލާނެ ބަޔަކަށް އައްޑޫ ރައްޔިތުން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި އައްޑޫގެ ކުރިމަގު އުޖާލާވެ އައްޑޫގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ވެސް ތަނަވަސްވާނީ މިހާރު ކުރިއަށްދާ މަޝްރޫއުތައްނިމި އައްޑޫގެ އިގުތިސާދީ އިންޖީނު ހިންގައިގަތުމުން ކަމަށް ޝަރީފް ވިދާޅުވިއެވެ.
އައްޑޫގެ އިޤްތިޞާދަށް އެންމެ ބޭނުންވަނީ ރަށުތެރޭގައި ދައުރުވާ ފައިސާ އިތުރުވުންކަމަށް ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ. އެގޮތުން ރައިސް ޞާލިޙްގެ ސަރުކާރުން ފައްޓަވާފައިވާ ހަންކެޑެ، ގަން އަދި ރިސޯޓް ހަދާ ރަށްރަށް ހިއްކުމުގެ މަޝްރޫއު ފުރިހަމަވުމުން ރައްޔިތުން އެދޭ ބަދަލު އަންނާނެ ކަމަށް ޝަރީފް ވިދާޅުވެފައިވެއެވެ.
ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓަކީ 1041 ކޮޓަރި ހިމެނޭ މަޝްރޫއެކެވެ. މި މަސައްކަތް ސަރުކާރުން މިހާރުވަނީ 2.2 ބިލިއަން ރުފިޔާއަށް ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ ޙަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު