ހެކިންގެ ހެކިބަހަކީ އިންސާފާ ހަމައަށް ވާސިލުވުމުގެ މައިގަނޑު އެއްބައި ކަމަށްވާތީ އެކަމަށް ހުރި ހުރަސްތަކަށް ގާނޫނީ ނިޒާމުގެ ތެރެއިން ހައްލުތަކެއް ގެނެސްދޭން ޖެހޭ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.
ޖޭއެސްސީގެ ރައީސް މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ސޮއިކުރައްވައި މަޖިލީހަށް ފޮނުއްވި ސިޓީގައި ބުނެފައި ވަނީ ، ހެކިންގެ ހެކިބަހަކީ އިންސާފާ ހަމައަށް ވާސިލުވުމުގެ މައިގަނޑު އެއްބައި ކަމުން އެކަން ހައްލު ކުރުމަށް ގާނޫނީ ނިޒާމުގެ ތެރެއިން ހައްލުތަކެއް ގެނެސްދޭން ޖެހޭ ކަމަށާއި، އެގޮތުން ޖިނާއީ އިޖުރާއަތުގެ ގަވައިދަށް އިސްލާހުތަކެއް ގެންނަން ޖެހޭކަމަށެވެ.
ހެކިން ކޯޓުތަކަށް ހާޒިރު ކުރުމުގައްޔާއި ހެކިބަސް ނެގުމުގައި ކޯޓުތަކުން އަމަލުކުރަމުން އަންނަ އުސޫލުތަކުގެ ސަބަބުން މައްސަލަތައް ނުނިމި ލަސްވެ އިންސާފު ލިބުމަށް ހުރަސްތަކެއް އެޅިގެން ދާ ކަން ވެސް އެކޮމިޝަންގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ. ޒަމާނުއްސުރެ ކޯޓުތަކުން އަމަލުކުރަމުން އައި އުސޫލަކީ ކޯޓަށް ހާޒިރުވެ ހެކިބަސް ދޭން ކޯޓަކުން އަންގައިފި ނަމަ އެ މައްސަލައެއްގައި ކޯޓަށް ހާޒިރުވެ ހެކިބަސް ދިނުން ކަމަށް ޖޭއެސްސީގެ ސިޓީގައިވެއެެވެ. އަދި ހެކިބަހާ ބެހޭ ގޮތުން އަމަލުކުރަމުންދާ ގާނޫނުތަކުގައި ވެސް ބަޔާންކޮށްފައި ވަނީ ހަމަ އެ މަފްހޫމު ކަމަށް ޖޭއެސްސީގެ ސިޓީގައި ބުނެފައިވެ އެވެ.
ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު ބުނާގޮތުން ހެކިބަސް ނުދިނުމާއި ހެކި ފޮރުވުމަކީ ޖިނާއީ ކުށެއް ކަމަށްވެސް އެ ސިޓީގައިވެއެވެ.
"ކްރިމިނަލް ކޯޓުގެ ނިންމުންތަކަށް ބަލާ އިރު ހެކިބަސް ދޭން ކޯޓުތަކަށް ހާޒިރުވާން އެންގުމުން ހެކިވެރިޔާ ހެކިބަސް ދޭން ބޭނުން ނުވާ ކަމަށް ބުނެ ކޯޓަށް ސިޓީއެއް ފޮނުވާ ނުވަތަ ކޯޓަށް ހާޒިރުވެ ހެކިބަސް ދޭން ބޭނުން ނުވާ ކަމަށް ބުނެ ކޯޓަށް އަންގައިފި ނަމަ އެކަން ކޯޓުން ބަލައިގަނެ އެފަރާތެއްގެ ހެކިބަސް ކޯޓުން ނުނަގާކަން ފާހަގަކުރެވެއެވެ." ޖޭއެސްސީގެ ސިޓީގައި ބުނެފައިވެއެވެ.
އެހެން ބައެއް ކޯޓުތަކުން ވެސް ހަމަ އެ އުސޫލުން އަމަލުކުރާކަން ސިޓީގައި ފާހަގަކޮށްފައިވެއެވެ. އަދި ބައެއް މައްސަލަތަކުގައި ހެކި ހާޒިރު ކުރުމަކީ ހެކި ހުށަހަޅާ ފަރާތުގެ ޒިންމާއެއް ކަމަށް ނިންމައި ކޯޓުތަކުން އެގޮތަށް އަންގާފައިވާކަން ވެސް ސިޓީގައި ފާހަގަކޮށްފައި ވެއެވެ. މީގެއިތުރުން ބައެއް ފަހަރު ހެކިން ހާޒިރުކުރަން ދައުވާ ކުރާ ފަރާތުން އެދިގެން އަމުރުތައް ނެރެދޭއިރު، ދައުވާ ރައްދުވާ ފަރާތުން އެދިގެން ހެކިން ހާޒިރު ކުރުމުގެ އަމުރު ނެރެ ނުދީ ހުރި ކަމަށް ޖޭއެސްސީ އިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު