ރައީސުލް ޖުމްހޫރިއްޔާ، ދަޢުލަތުގެ މާލީވުޒާރާގެ އެކައުންޓަންޓް ޖެނެރަލްގެ މަޤާމު އުފައްދަވައި އެ މަޤާމަށް މުޙައްމަދު އާޒާދު އައްޔަން ކުރައްވައިފިއެވެ.

ހއ. ކެލާ، ކޮކާގެ، މުޙައްމަދު އާޒާދު ކުރިން ހުންނެވީ ފިނޭންސް މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލަރގެ މަޤާމުގައެވެ. މިމަގާމު އުފައްދަވާފައިވަނީ ފައިނޭންޝަލް ކޮންޓްރޯލާގެ މަގާމު އުވާލެއްވުމަށްފަހުގައެވެ.

މި މަޤާމަކީ ދައުލަތުގެ މާލިއްޔަތު ޤާނޫނުގެ 44 ވަނަ މާއްދާގެ (ށ)ގެ ދަށުން ،ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، ދަޢުލަތުގެ ފައިސާއާއި، ހިސާބާއި އަދި ހިސާބުގެ ލިޔެކިއުންތަކުގެ ނިޒާމް ބަލަހައްޓައި ހިންގުމަށްޓަކައި، އެޤާނޫނުން އުފައްދައިފައިވާ މަޤާމެކެވެ.

މި މަޤާމު އުފެދުމުން ދައުލަތުގެ ފައިނޭންޝަލް ކޮންޓްރޯލަރގެ މަޤާމުގެ މަސްޢޫލިއްޔަތައް އަދާކުރައްވާނީ އެކައުންޓަންޓް ޖެނެރަލް އެވެ.

މުހައްމަދު އާޒާދަކީ ސީއެފްއޭ ޗާޓާ ހޯލްޑާއެއްގެ އިތުރުން ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ބެޗްލާސް ޑިގްރީއަކާއި، ސައިންސްއިން ފައިނޭންސް ދާއިރާއިން މާސްޓާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ ވަނީ، ފިނޭންސް މިނިސްޓްރީގެ އެސްއޯއީ ރިފޯމް ކޮންސަލްޓަންޓެއްގެ މަގާމާއި އެސްއޯއީ ފައިނޭންޝިއަލް ކޮންސަލްޓަންޓްގެ މަގާމު އަދާކުރައްވާފައެވެ. އަދި ހަޒާނާ މޯލްޑިވްސްގެ އެކައުންޓް އެންޑް ފައިނޭންސްގެ އިސްވެރިޔާގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައެވެ.

މީގެއިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ އިސްވެރިޔާގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކްގެ ބޯޑު މެމްބަރުކަންވެސް އާޒާދު ވަނީ ފުރުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން