ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު
މިދުވަސްވަރު ހިގާފައިވާ ރޭޕް އަދި ޖިންސީ ގޯނާއާއި ގުޅޭ ލިޔުންތައް ފޮނުވުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ފުލުހުންގެ މައްޗަށް މިއަދު އަމުރު ކުރައްވައިފިއެވެ.

ޖެންޑަރ މިނިސްޓްރީ އާއި އައިޖީއެމްއެޗް އަދި ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ، މިފަހުން ފެންމަތިވި ރޭޕާ ޖިންސީ ގޯނާގެ ހަތަރު މައްސަލަ އެއް އެބައުޅޭ ކަމަށާއި، އެމައްސަލަތަކާއި ގުޅޭ ލިޔެކިޔުންތައް ވީހާވެސް އަވަހަކަށް ފޮނުވުމަށް ފުލުހުންގެ އިދާރާ އަށް އަމުރުކޮށްފައިވާނެ ކަމަށެވެ.

"އަޅުގަނޑު މިހާރު އަމުރެއް މި ފޮނުވީ އެ މައްސަލައިގެ ލިޔުންތައް އަޅުގަނޑާ ހަމައަށް ގެނެސްދިނުމަށް. އެ ތަހުގީގު ހިނގައިދިޔަ ގޮތް އަޅުގަނޑު ބަލާނަން." ޝަމީމް ވިދާޅުވިއެވެ.

ލިޔެކިޔުންތައް ދިރާސާކޮށްފައި، ކަންކަން ހިނގައިދިޔަ ގޮތުގައި ގޯހެއް ނުވަތަ ނުފޫޒެއް އުޅޭކަން ފާހަގަވެއްޖެނަމަ އެކަންކަން ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމަށް ޕީޖީ ވިދާޅުވިއެވެ.

"މިއަދު މި އަންގަނީ ލިޔުންތައް ފޮނުވައި، ދިރާސާކުރަން ފަށަން. ދެ ހަފުތާ ތެރޭގައި މި ބަލަނީ މިކަން ހިނގައިދިޔަ ގޮތް އެނގި، ފިޔަވަޅުތަކެއް އެޅޭނެކަމަށް." ޕީޖީ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން