ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއަށް މިއަދު ފުލުހުންގެ އިސްވެރިން ހާޒިރުވެވަޑައިގެން ޖަވާބުދާރީވަނީ
ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއަށް މިއަދު ފުލުހުންގެ އިސްވެރިން ހާޒިރުވެވަޑައިގެން ޖަވާބުދާރީވަނީ
ސަފާރީ އެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތަހުގީގް ނިއްމައި ލަސްތަކެއް ނުވެ ޕީޖީ އޮފީހަށް މަޝްވަރާއަށް ފޮނުވޭނެ ކަމަށް ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް މިއަދު ވިދާޅުވެެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއަށް ހާޒިރުވެވަޑައިގެން ވާހަކަ ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ ސަފާރީގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތަހުގީގު ނިއްމައި ޕީޖީ އޮފީހަށް ފޮނުވޭނެ ވަކި ތާރިޚެެއް ހާމަކުރެވެން ނެތް ކަމަށެވެ. އަދި މިއީ ތަހުގީގުގެ ކުރީކޮޅަށްވާއިރު ތަހުގީގުގައި އިތުރަށް ހޯދަންޖެހޭ ކަންތައްތަކެއް ހުރުމުން އަދިވެސް ހެކިތަކެއް ލިބުމުގެ ފުރުސަތު އޮތް ކަމަށް ގަބޫލުކުރެވޭތީ އެމަސައްކަތް ކުރަމުންދާ ކަމަށް މަންނާނު ވިދާޅުވިއެވެ.

"ލަސްތަކެއް ނުވެ އެމައްސަލަ ތަހުގީގް ނިއްމައި ޕީޖީ އޮފީހަށް މަޝްވަރާ އަށް ފޮނުވޭނެ ކަމަށް ގަބޫލުކުރެވެނީ." މަންނާނު ވިދާޅުވިއެވެ.

މީގެ އިތުރުން އެމައްސަލަ އާއި ގުޅިގެން ހައްޔަރުކުރި ދެ މީހުން ދޫކޮށްލުން އެއީ އެއްވެސް ފަރާތެއްގެ ނުފޫޒެެއް ބިރެއް ނެތި ނިންމި ނިންމުުމެއް ކަމަށް މަންނާނު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހަފުތާ ތެރޭގައި އެކަމާ ގުޅޭގޮތުން ފުލުހުންގެ އިދާރާ އިން ޕްރެސްކޮންފަރެންސެއް ބާއްވައި އެކަމާ ގުޅޭ މައުލޫމާތު ހާމަކޮށް މީޑިޔާގެ ސުވާލުތަކަށް ވެސް ޖަވާބު ދެއްވާނެ ކަމަށެވެ.

މަންނާނު ވަނީ ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ އަންހެންމީހާގެ ހައްގަށް އުނިކަން ލިބޭފަދަ ގިނަކަންތައްތަކެއް މީޑިޔާގައި ކުުރެވިފައިވާ ކަން ފާހަގަކުރައްވައި އެކަމުގެ ކަންބޮޑުވުން ކޮމެޓީގައި ހިއްސާކުރައްވާފައެވެ. މަންނާނު ވިދާޅުވީ ޖިންސީ އަނިޔާ ލިބުނު ކަމަށް ބުނާ އަންހެންމީހާ ފުލުހުންނަށް ހުށައެޅީ އޭނާގެ ފޯނު ނުދިން މައްސަލައެއް ކަމަށާއި، އެކަން ތަހުގީގް ކުރުމަށް ފުލުހުން ހޭދަކުރި ވަގުތުގައި އޭނާ އަށް ޖިންސީ ގޯނާ ލިބުނު ކަމަށް ފުލުހުން ގާތު ބުނެފައިވާ ކަމަށެވެ.

"ހުޅުމާލެ ޖެޓީ ސަރަހައްދުގައި ތިންމީހަކު ތިއްބާ ފެނުނީމަ ފުލުހުން އެތަނަށް ދިޔައީ، ވާހަކަ ދައްކަން ފެށުމުން އަންހެންމީހާ ބުނީ މިއުޅެނީ ފޯނު ނުދީގެންނޭ، އެވާހަކައިގެ ތެރޭގައި ތިމަންނަ އާއި ދޭތެރޭ ޖިންސީ ގޯނާގެ މައްސަލަ އެއް ހިންގައިފިޔޭ، އެހިސާބުން ޖިންސީ ގޯނާގެ މައްސަލަ އެއްގެ ގޮތުގައި ރިކޯޑްކުރެވުނީ." މަންނާނު ވިދާޅުވިއެވެ.

އެ މައްސަލާގައި ޕޮލިސް ސްޓޭޝަން ގެންދިޔައީ ދެ މީހުން ކަމަށެވެ. އަދި އެ ދެ މީހުންވެސް މަސްތުގެ ހާލަތުގައި ތިބި ކަމަށް ނުބެލެވޭތީ އެކަން ރެކޯޑު ކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހައްޔަރުކުރި މީހުންގެ ކުޑަކަމުދާ ތަކެތި ނަގައިގެން ޓެސްޓު ކުރަންޖެހޭ ވަރުގެ ކަމެއް ފުލުހުންނަށް ނުފެންނާތީ އެކަން ރެކޯޑު ކުރެވިފައި ނުވަނީ، ކަމަށް މަންނާނު ވިދާޅުވިއެވެ.

ސަފާރީއެއްގައި ޕާޓީ ކުރަމުން ދިޔަ ބަޔަކު ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ އެކަމުން ސަލާމަތްވުމަށް މޫދަށް ފުންމާލި ވާހަކަ ބުނެފައިވާއިރު އޭނާ މޫދަށް ފުންމާލި ސަބަބު ނޭނގޭ ކަމަށް މަންނާނު ވިދާޅުވިއެވެ. މީގެ އިތުރުން ޖިންސީ އަނިޔާ ލިބުނު ކަމަށް ބުނާ އަންހެންމީހާ ޑޮކުޓަރަށް ދެއްކުމުގައި ލަސްތަކެއް ދިމާވި ކަމަށާއި، އެހެން ނަމަވެސް ތަހުގީގު ހުރަސް އެޅޭވަރުގެ ލަސްކަމެއް ކުރިމަތިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަންނާނު ކޮމިޓީގައި މިއަދު މިގޮތަށް ވާހަކަ ދެއްކެވި ނަމަވެސް ފުލުހުން މިކަމާ ގުޅިގެން ކުރިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކެންޔާގެ އަންހެން މީހާ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ރޭޕްކޮށްގެން ނޫން ކަމަށާއި އޭނާ ރިޕޯޓް ކުރީ ޖިންސީ ގޯނާ ކޮށްގެން ކަމަށެވެ.

ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާ އުމުރުން 27 އަހަރުގެ ބިދޭސީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކުރި މައްސަލަ ހުށަހެޅިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ފަތިހު 5:00 ހާއިރު ކަމަށެވެ.

ފުލުހުން އެބަޔާނުގައި އިތުރަށް ބުނެފައިވަނީ ހުޅުމާލެ ލަކުޑި ޖެޓީ ސަރަހައްދުގައި އެ އަންހެން މީހާ އާއި އިތުރު ދެ ފިރިހެނަކު ތިއްބާ ފުލުހުން އެތަނަށް ގޮސް މައުލޫމާތު އޮޅުން ފިލުވާފައިވާ ކަމަށެވެ. އެ އަންހެން މީހާގެ ފަރާތުން ފުލުހުންނަށް މަޢުލޫމާތު ދީފައިވަނީ، ޖޫން މަހުގެ 25 ވަނަ ދުވަހުގެ ރޭ އޭނާގެ ރައްޓެއްސެއްގެ ފަރާތުން ލިބުނު ދައުވަތަކަށް، އެ މައްސަލާގައި ތުހުމަތުކުރެވޭ ދެ މީހުންނާއެކު ސަފާރީއަކަށް ގޮސް ވަގުތު ހޭދަކުރި ކަމަށާއި އަދި އެ މީހުން، ސަފާރީ ތެރޭގައި އޭނާގެ ނުރުހުމުގައި އޭނާއަށް ޖިންސީ ގޯނާކުރި ކަމަށާއި، އެމީހުންގެ އަމަލުތައް ހުރި ގޮތުން އެފަދަ އަމަލެއް ތަކުރާރުކޮށްފާނެތީ ސަލާމަތްވުމުގެ ގޮތުން މޫދަށް ފުންމާލުމުން ޑިންގީއެއްގައި އެ ދެމީހުން އައިސް އޭނާ ޑިންގީއަށް ނަގައިގެން ގެނެސް ޖެޓީއަށް ބޭލީ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ސަފާރީ ރޭޕް މައްސަލައިގައި ހިމެނޭ އަންހެން މީހާ ފުރަތަމަ ހުށައެޅީ ފޯނު ނުދިން މައްސަލަ ކަމަށް ފުލުހުން މިހާރު ބުނި ނަމަވެސް އޭނާ ރާއްޖޭގެ ދުވަހު ނޫހަކަށް ދީފައިވާ ކަމަށް ބުނާ އިންޓަރވިއު އެއްގައި އޭނާ ބުނީ އޭނާގެ އަތުގައި ފޯނު ނުވެސް ނެތް ކަމަށެވެ. އަދި އެމީހުން ޕާޓީކުރީ ބަނގުރަލާ އެކުގައި ކަމަށާއި ފުލުހުން ހައްޔަރުކުރި ދެމީހުން ވެސް ބަނގުރާ ބުއި ކަމަށް އޭނާ ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


11

ދަވާލި19

03-Jul-2020

މަންނާނު ކަލޭގެ ފަރާތު ތިކަން ދަނެގަންނަން އަހަރެން ބޭނުމެއްނޫ ހަމަޔަގީނުންވެސް ތިކަން ހިނގާދިޔަގޮތާ ތިކާމާ މަންނާނު ވެއްކެވި ވާހަކައިގެ ހަގީގަތް މާރީއްޗައްވެސް އެނގި ފާޅުވާނެ ދުވަހެއްވޭކަން މަންނާނައް ގަބޫލު ނުކުރެވުނަސް މަގަބޫލުކުރަން


5

ވަރަ

02-Jul-2020

ރާއްޖޭގަ ބޭރުއަންހެނަކަށް ޖިންސީ އަނިޔާއެއް ރޯޔަލް ފެމެލީއަކުން ކުރިކަމަށް ޝައްކު ކޮއް ރައްޔިތުން ކިތަންމެ ވަރަކަށް ތިކަމުގަ ބޯގޭނިއަސް ވާނެއެއްކަމެއް ވެސް ނެތް . ރަސްމަތިފުޅު ބޭފުޅުން ކުށްވެރިއެއް ނުވާނެ . އިއްޒަތް ތެރިންނަށް ބަގުރާބުއިއަސް ހުކުމެއް ވެސް ނާއްނާނެ އެކަމުގަ ހިފާދެމިއަސް އެއްކަމެއްގަ ވެސް އެބަޔަކު ކުށްވެރިއެއްނުވާނެ ނިކަމެތި ރައްޔިތުންގެދަރިންމިކަމުން ސަލާމަތް ކުރަން އުޅުން މާރަގަޅު . . ކުރިކަމަކަށް ވީކަމަށް ވެސް ނުވެ ތިކަން އޮއްބާލާނީ .



ޓްރެންޑިން