ރައްޔިތުންގެ މަަޖިލީިސް؛ މެންބަރުންގެ އާއިލާ މެންބަރުންގެ މާލީ ބަޔާން ހުށައަޅަން ނުޖެހޭ ގޮތަށް ގަވާއިދު ވަނީ އިސްލާހު ކޮށްފައި
ރައްޔިތުންގެ މަަޖިލީިސް؛ މެންބަރުންގެ އާއިލާ މެންބަރުންގެ މާލީ ބަޔާން ހުށައަޅަން ނުޖެހޭ ގޮތަށް ގަވާއިދު ވަނީ އިސްލާހު ކޮށްފައި
މަޖިލީހުގެ މެމްބަރުންގެ އަނބިދަރިން މާލީ ބަޔާން އާންމު ކުރަން ލާޒިމު ކުރުމަކީ މުހިންމު ކަމެއް ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މެންބަރުންނާއި މެންބަރުންގެ އަނބިން / ފިރިންނާއި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން އާންމުނުކުރާ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ. މެންބަރުންގެ އާއިލާގެ މާލީ ބަޔާންތައް އާންމުނުކުރާ ގޮތަށް ގަވާއިދަށް އިސްލާހު ގެންނަން ފާސްކުރީ 62 މެންބަރުންގެ ވޯޓުންނެވެ. ގަވާއިދު އެ ގޮތަށް އިސްލާހު ކުރަން ނުފެންނަ ކަމަށް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެެވެ. އެ އިސްލާހަކީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ގެންނެވި އިސްލާހެއް ކަން ފާހަގަކޮށްލެވެއެވެ.

އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތުގެ ހަގީގީ ވެރިންނަކީ ރައްޔިތުން ކަމަށެވެ. އެ ރައްޔިތުންގެ ފައިސާއިން މުސާރަ ދޭ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާން އާންމު ކުރަން ލާޒިމްކުރުމަކީ މުހިންމު ކަމެއް ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

"އަދި ހަދިޔާ އާއި މަސްލަހަތު ފުށުއެރުން ރެޖިސްޓްރީކުރުން ވެސް މުހިންމު. އަޅުގަނޑާއި އައިކޮމްގެ މުވައްޒަފުންނަށް މިފަދަ އުސޫލެއް މިދަނީ އެކުލަވާލަމުން. ހާމަކުރި ވަރަކަށް ނަޒާހަތްތެރިވާނެ." އިންފޮމޭޝަން ކޮމިޝަނަރ ވިދާޅުވިއެވެ.

ގަވާއިދުގައި ކުރިން ބުނެފައިވަނީ މި މާލީ ބަޔާންތައް މެންބަރުން ހުށަހަޅަން ޖެހެނީ ކޮންމެ އަހަރެއްގެ އޮގަސްޓް މަސް ނިމުމުގެ ކުރިން ކަމަށެވެ. އަދި ހުށަނާޅައިފިނަމަ، ޖަލްސާތަކާއި ކޮމިޓީތަކުގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑް ކުރަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ. ސަސްޕެންޝަންގެ މުއްދަތުގައި މެންބަރުގެ މުސާރަ ވެސް ކެނޑޭނެ ކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން