ރައްޔިތުންގެ ފަތުރުވެރިކަން 118 ރަށަށް ފުޅާވެފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ޑރ. މައުސޫމް މިއަދު ވިދާޅުވީ، ފަތުރުވެރިކަމުގެ ނަފަޔާއި މަންފާ ސީދާ ރައްޔިތުންނަށް ލިބޭ، ރައްޔިތުންގެ ފަތުރުވެރިކަން މިހާރު ރާއްޖޭގެ ހުރިހާ އަތޮޅުތަކާއި ސިޓީތައް ހިމެނޭގޮތައް 118 ރަށަށްވަނީ ފުޅާވެފައި ކަމަށެވެ. އެގޮތުން އެއީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެނދުގެ 27 އިންސައްތަ ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.
ޑރ. މައުސޫމް ވިދާޅުވީ، ރާއްޖޭގެ 118 ރަށުގައި ފަތުރުވެރިންނަށް ޚިދުމަތްދޭ 909 ފެސިލިޓީ މިހާރު ޤާއިމު ކޮށްފައިވާ ކަމަށެވެ. އެއީ 16،300 އެނދު ކަމަށްވެސް މައުސޫމް ވިދާޅުވިއެވެ.
މީގެކުރިން ޑރ. މައުސޫމް ވިދާޅުވެފައިވަނީ، ރާއްޖޭގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ކައުންސިލު ތަކުން ލޯކަލް ޓޫރިޒަމް ފަށަން ބޭނުންވެފައިވާ މިންވަރު ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އެހެންކަމުން ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން ކޮށްދެވެން ހުރި ހުުރިހާ މަސައްކަތެއް ކޮށްދޭނެ ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވެފައިވެއެވެެ.
މި ސަރުކާރުން ވަނީ ރަށުފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށްޓަކައި ހޯމް ސްޓޭ ފަތުރުވެރިކަން ރާއްޖެއަށް ތަޢާރަފް ކޮށްފައެވެ.

ފަތުރުވެރިކަމުގެ ނަފަޔާއި މަންފާ ސީދާ ރައްޔިތުންނަށް ލިބޭ، ކޮމިއުނީޓީބޭސްޑް ޓޫރިޒަމް (ރައްޔިތުންގެ ފަތުރުވެރިކަން) މިހާރު ރާއްޖޭގެ ހުރިހާ އަތޮޅަތަކާއި ސިޓީތައް ހިމެނޭގޮތައް 118 ރަށަށްވަނީ ފުޅާވެފަ. 909 ފެސިލިޓީގައި 16،300 އެނދު. އެއީ ރައްޖޭގެ ޖަުމްލަ އެނދުގެ %27
— Abdulla Mausoom (@Mausoom_Maus) April 6, 2023
މީގެކުރިން ޑރ. މައުސޫމް ވިދާޅުވެފައިވަނީ، ރާއްޖޭގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ކައުންސިލު ތަކުން ލޯކަލް ޓޫރިޒަމް ފަށަން ބޭނުންވެފައިވާ މިންވަރު ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އެހެންކަމުން ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން ކޮށްދެވެން ހުރި ހުުރިހާ މަސައްކަތެއް ކޮށްދޭނެ ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވެފައިވެއެވެެ.
މި ސަރުކާރުން ވަނީ ރަށުފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށްޓަކައި ހޯމް ސްޓޭ ފަތުރުވެރިކަން ރާއްޖެއަށް ތަޢާރަފް ކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު