މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އައިޝަތު މުޙައްމަދު ދީދީ
މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އައިޝަތު މުޙައްމަދު ދީދީ
ގެވެށި އަނިޔާ އާއި އަންހެނުންނަށްކުރާ އަނިޔާ އާއި ދެކޮޅަށް ޤައުމީ ކެމްޕޭނެއް ފަށަން ނިންމާފައިވާކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އައިޝަތު މުޙައްމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

ޖެންޑަރ މިނިސްޓަރ ވިދާޅުވީ، މި ކެމްޕޭން މިމަހު 15ގައި ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ.

މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އައިޝަތު މުޙައްމަދު ދީދީ ވިދާޅުވީ ރާއްޖޭގައި ގެވެށި އަނިޔާ އާއި މިންތީގެ ތަފާތުކުރުމުގެ މައްސަލަތައް ގިނަ ކަމަށެވެ. މިފަދަކަންކަން ނައްތާލުމަށް އެކަށޭނަ ގިނަ ޤާނޫނުތަކަކާއި ޤަވައިދުތަކެއް އެކަށައަޅާފައި އޮތްނަމަވެސް މި ޤަވާއިދުތައް ތަންފީޒުކުރުމުގައި ބޮޑެތި މައްސަލަތަކެއް އެބަހުރިކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން މި މައްސަލަތައް ހައްލުކުރުމަށް ކަމާއި ގުޅުންހުރި އިދާރާތައް ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި އެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކުރިއަށްއޮތް ދުވަސްތަކުގައި ކަންކަން އަވަސްވެގެންދާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މި މަސައްކަތްތަކުގެ އިތުރުން މިފަދަކަންކަމުގައި މުޖުތަމަޢުން ދެކޭ ނަޒަރިއްޔާތު ބަދަލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ޖެންޑަރ މިނިސްޓަރ ވިދާޅުވީ ގެވެށި އަނިޔާއާއި އަންހެނުންނަށްކުރާ އަނިޔާއާއި ދެކޮޅަށް ޤައުމީ ކެމްޕޭނެއް ފަށަން ތައްޔާރުވަމުންދާކަމަށެވެ. 3 މަސްދުވަހަށް ދެމިގެންދާ މިކެމްޕޭން މިމަހުގެ 15 ވަނަދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، މިކެމްޕޭންގެ ތެރެއިން ޓީވީ، ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުން ހޭލުންތެރިކުރުމުގެ ހަރަކާތްތައް ހިންގުމަށް ނިއްމާފައިވާ ކަން މިނިސްޓަރ ހާމަކުރެެއްވިއެވެ.

"ގެވެށި އަނިޔާއާއި އަންހެނުންނަށްކުރާ އަނިޔާއާއި ދެކޮޅަށް ޤައުމީ ކެމްޕޭނެއް ފަށަން މިދަނީ ތައްޔާރުވަމުން. 3 މަސްދުވަހަށް ދެމިގެންދާ މިކެމްޕޭން މިމަހުގެ 15 ވަނަދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، މިކެމްޕޭންގެ ތެރެއިން ޓީވީ ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުން ހޭލުންތެރިކުރުމަށް ވަނީ ހަމަޖެހިފައި" މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އައިޝަތު މުޙައްމަދު ދީދީ ވިދާޅުވިއެވެ.

ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ ވަނީ މި ކެމްޕޭން ނިމުމަށްފަހު އިތުރު ގިނަ ކެމްޕޭންތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަން އިއުލާންކުރައްވާފައެވެ. އެގޮތުން 2 އަހަރުދުވަހުގެ މަލްޓިމީޑިއާ ކެމްޕޭނަކާއި، ހޯޕް ފޯރ ވިމަން އާއި ގުޅިގެން "ވިކްޓިމް ބްލޭމިން"އާއި ދެކޮޅަށް ކެމްޕޭނެއް ފެށުމަށް ނިއްމައިފައިވާ ކަންވެސް މިނިސްޓަރ ހާމަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން