ދުވާލަކު 120 ޓަނުގެ މަސް ކިރުވޭ ބޯޓެއް މިފްކޯއިން ރާއްޖެއަށް ގެނެސްފިއެވެ.
މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެ ކުންފުންޏަށް ގެންނަ ބޮޑު މަސްކިރާ ބޯޓް ޖަޒީރާ 103 ރާއްޖެ އައިސްފައިވަނީ މިއަދުއެވެ.
މިފްކޯއިން ބުނީ "ޖަޒީރާ 103"އަކީ ދުވާލަކު 120 މެޓްރިކް ޓަނު މަސްގަނެ ފިނިކުރުމުގެ ގާބިލުކަން ލިބިފައިވާ، ޖުމްލަ 420 މެޓްރިކް ޓަނުގެ މަސް ސްޓޯކުރެވޭ ބޯޓެއްކަމަށެވެ. މިފްކޯއިން މަސް ކިރުމުގެ މަސައްކަަތަށް އިތުރު 3 ބޯޓު ގަނެފައިވާއިރު މިހާރު ކުރިއަށްދަނީ މި ބޯޓުތަކުގެ ރަޖިސްޓްރޭޝަން ބަދަލުކުރުމުގެ މަސައްކަތަކެވެ.
މަސް ކިރުމަށް މިފްކޯގައި މިހާރު އޮންނަ ދެ ބޯޓަކީ 100 ޓަނުގެ ޖަޒީރާ 102 އާއި 90 ޓަނުގެ މަހާ ކަލަމިންޖާއެވެ.
ސަރުކާރުން ދަނީ މަސްވެރިންނަށް މަސް ކިރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިފްކޯއަށް މަސް ގަންނަ މިންވަރު އިތުރުކުރުމަށް އެކިއެކި މަޝްރޫއުތައް ދަނީ ހިންގަމުންނެވެ.
އޭގެތެރޭގައި ފެލިވަރުގައި 4000 ޓަނުގެ މަސް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖަކާއި، ދުވާލަކު 200 ޓަނުގެ މަސް ގަނޑު ކުރެވޭނެ ބްރައިން ފްރީޒިންގ ފެސިލިޓީއެއް ޤާއިމްކުރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު