އަށް އަހަރުވީ އިރުވެސް ބައްޕަގެ މަރަށް އިންސާފު ނުލިބޭ ކަމަށާއި، ނަމަވެސް ބައްޕަގެ ގާތިލުން ތިބީ ސަރުކާރުގެ ހިމާޔަތުގައި ކަމަށް ފިލްމީ ތަރި ޝީލާ ނަޖީބު ތުހުމަތުކޮށްފިއެވެ.
ޝިލާގެ ބައްޕަ، ގާނޫނީ ވަކީލް މަޝްހޫރު އަހްމަދު ނަޖީބު މަރާލާފައިވަނީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ 01 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
މީސް މީޑިއާގައި ޝީލާ މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިފަނާ ކުރަނިވި ދުނިޔެއާ ބައްޕަ ވަކިވެގެން ދިޔަތާ މިއަދަށް 8 އަހަރުވީ ކަމަށާއި ނަމަވެސް އަދިވެސް އިންސާފު ނުލިބޭ ކަމަށެވެ.
"ބައްޕަގެ ގާތިލުން ތިބީ އުފަލުގައި ސަރުކާރުން ހިމާޔަތްކޮށްފައި. ދުވަހަކުވެސް މިފަދަ ނުބައި އަމަލު ހިންގާ މީހުންނަށް އަދަބެއް ނުދެވޭ. އަހަރުމެން ބޭނުމީ އިންސާފު. މާތްﷲ ބައްޕަގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި. އާމިން." ޝީލާ ބުނެފައިވެއެވެ.
ނަޖީބު އަވަހާރަކޮށްލި މައްސަލައިގައި އަހްމަދު މުއްރަތާއި ފާތިމަތު ހަނާގެ މައްޗަށް ކުށް ސާބިތުވެ މަރަން ވަނީ ޙުކުމްކޮށްފައެވެ. އަހްމަދު މުއްރަތުގެ މައްޗަށް ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން އޭނާ މަރަން ކުރި ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމް ދަމަހައްޓައި މުއްރަތު މަރަން ސުޕްރީމް ކޯޓުން ވެސް ވަނީ ޙުކުމް ކޮށްފައެވެ. ހަނާ މަރަން ކްރިމިނަލް ކޯޓުން ކުރި ޙުކުމަށް ހައިކޯޓުން ވަނީ ތާއިދު ކޮށްފައެވެ. މުއްރަތު މަރަން ސުޕްރީމް ކޯޓުން ޙުކުމް ކުރީ 2016 ވަނަ އަހަރުގެ ޖުލައި 05 ވަނަ ދުވަހު އެވެ. ނަމަވެސް އޭނާގެ މައްޗަށް އިއްވި ޙުކުމް ތަންފީޒު ކޮށްފައެއް ނުވެއެވެ.
މުއްރަތާއި ހަނާ ތިބީ ޖަލުގައެވެ. މުއްރަތާއި ހަނާ ޝަރީޢަތުގައި ބުނެފައިވަނީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ދުވަހުގެ ރޭ މަސްރޫރާގެއަށް ނަޖީބު ވަޑައިގަތުމުން އެގޭގައި، އޭނާ އާއި ހަނާ ދިރިއުޅޭ ބައިގައި ހުރި ގޮނޑިއެއް (އޮފީސް ޗެއާ) އެއްގައި ނަޖީބު ބައިންދާ ފޮށި ބަންދުކުރާ ޓޭޕުން ނަޖީބުގެ ދެއަތާއި ދެފައި ބަނދެ، މޫނާއި އަނގަމަތިން ވަށައި ޖެހޭ ގޮތަށް ޓޭޕްއެޅި ކަމަށެވެ. ނަޖީބު އެގޮތަށް ގޮނޑީގައި އިންނެވި އިރު އަޑުގަދަ ކުރައްވާތީ އެކަމާ ހިތްހަމަނުޖެހިގެން ހަތަރު އިންޗި ހުންނަ ވަރުގެ ކަޅު ކުލައިގެ މުއްގަނޑުލީ ވަޅިއަކުން ނަޖީބުގެ ކަރަށް ހަމަލާދީ އޭނާ އަވަހާރަކޮށްލި ކަމަށް މުއްރަތު ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު