މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 555000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 21.6 އިންސައްތައިގެ ކުރިއެރުމެއްކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 555537 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވާ 457005 ފަތުރުވެރިންނާއި އަޅާބަލާއިރު 21.6 އިންސައްތަ އިތުރު އަދަދެކެވެ.

ތަފާސް ހިސާބަށް ބަލާއިރު މިހާރު އެވްރެޖްކޮށް ދުވާލަކު 5848 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެއެވެ. އަދި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު އުޅެނީ އެވްރެޖްކޮށް 8 ދުވަހުގައެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓްތަކަށް ބަލާއިރު، 68102 ފަތުރުވެރިންނާއެކު 1 ވަނައިގައި އުޅެނީ ރަޝިޔާއެވެ. 58859 ފަތުރުވެރިންނާއެކު 2 ވަނައިގައި އުޅެނީ އިންޑިއާއެވެ. އަދި 55093 ފަތުރުވެރިންނާއެކު މާކެޓްގެ 3 ވަަނައިގައި އުޅެނީ އިނގިރޭސިވިލާތެވެ.

ސަރުކާރުން 2022 ވަނަ އަހަރު ރާއްޖެއަށް ގެނައުމަށް އަމާޒުހިފީ 1.6 މިލިއަން ފަތުރުވެރިންނެވެ. މި އަމާޒު ވަނީ ޑިސެމްބަރުމަހުގެ 20 ވަނަ ދުވަހު ހާސިލްވެފައެވެ. އަދި މިއަހަރަށް ސަރުކާރުން އަމާޒުހިފާފައިވަނީ 1.8 މިލިއަން ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގެ ރެކޯޑެއް ހެދުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން