ގެމެން މޮޑިއުލް" ތައާރަފު ކޮށްދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ގެމެން މޮޑިއުލް" ތައާރަފު ކޮށްދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
"ގެމެން" މޮޑިއުލް އަކީ ސަރުކާރުގެ މަސައްކަތްތައް އޮޓޮމޭޓްކުރަން ކުރަމުން އަންނަ މަސައްކަތަށް އެޅުނު ބާރެއް ކަަމަށް ކޮމިއުނިކޭޝަންް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަދި މާލޭ ސިޓީކައުންސިލް ގުޅިގެން ގާއިމްކުރި "ގެމެން މޮޑިއުލް" ތައާރަފު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކޮމިއުނިކޭޝަންް މިނިސްޓަރު މަލީހު ޖަމާލު ވިދާޅުވީ ،މިހާރު ތަރައްގީ ކުރަމުން އަންނަ އީ-ކައުންސިލްގެ ނިޒާމަކީ އޭގެ ތެރޭގައި ވަރަށް ގިނަ ބައިތައް ހިމެނޭ ނިޒާމެއް ކަމަށެވެ.

ވިހާ މަރުވާ މީހުންގެ މައުލޫމާތު ބެލެހެއްޓުމާއި އުފަންދުވަހުގެ ސެޓްފިކެޓު ހެދުން ފަދަ ކަންތައްތައް އޮންލައިންކޮށް ކުރެވޭ ގޮތަށް ތަރައްގީކުރި "ގެެމެން" މޮޑިއުލްއަކީ އޭގެ އެއް ބައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ނިޒާމު މުޅިން ފުރިހަމަ ކުރުމުން ވާނެ ފައިދާއަކީ ދައުލަތުގެ އެއް އިދާރާ އިން އަނެއް އިދާރާ އަަށް ލިބެން ޖެހޭ މައުލޫމާތު ލިބުން އޮޓޮމޭޓް ވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ހެލްތު އިންޝުއަރެންސާއި އިޖުތިމާއީ ރައްކާތެރިކަމުގެ އެކި އެކި ސްކީމްތަކަށް ފައިސާ ދޫކުރާ އިދާރާތަކަށް މީހަކު މަރުވިކަން އެނގި، ފައިސާ ހަރަދުކުރުން ވަގުތުން ހުއްޓައިލެވޭނެ އިންތިޒާމު މިނިޒާމުގެ ތެރެއިން ހަމަޖެހޭނެ ކަމަށް މަލީހް ވިދާޅުވިއެވެ.

މީހަކު މަރުވިކަން ނޭނގި، އޭނާގެ ނަމުގައި ދައުލަތުން ފައިސާ ހަރަދުވަމުން ދިއުމަކީ ދައުލަތަށް ލިބޭ ގެއްލުމެއް ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އެއް މައުލޫމާތެއް އެކި އެކި ބޭނުންތަކަށް އެކި އިދާރާތަކަށް ތަކުރާރުކޮށް ގެންދަން ޖެހުމަކީ އާންމުން ތަހައްމަލު ކުރަން ޖެހޭ ވަރަށް ބޮޑު ހިތްދަތި ކަމެއް ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ ސަރުކާރަކުން ރައްޔިތުންނަށް ކުރިމަތިކުރަން ޖެހޭ ތަކުލީފެއް ނޫން ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

އޮފީސްތަކުގައި ކިއު ޖެހިގެން ވަރަށް އުނދަގުލުން ކުރަމުން އައި ކަންތައްތައް ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން، އޮންލައިންކޮށް ކުރެވޭކަން މިހާރު ފެތުރިފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު އެނގިއްޖެ ކަމަށް މިނިސްޓަރ މަލީހް ވިދާޅުވިއެވެ. ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ފިޔަވަޅުތައް އެޅުމުގެ ކުރީގައި ވަރަށް ގިނަ އިދާރާތަކުގެ ވިސްނުމަކީ މީހުން އެ ތަންތަނަށް ގޮސް ކިއޫގައި ޖެހިގެން ނޫނީ ހިދުމަތް ނުދެވޭނެ ކަމުގެ ވިސްނުން ކަމަށާއި، އެކަމަކު ކޮވިޑްގެ ބަލިމަޑުކަމާ އެކު އެނގުނީ އެކަން އޮތީ އެހެން ނޫންކަން ކަމުގައި، މިނިސްޓަރ ވިދާޅުވި އެވެ.

"އޮންލައިންކޮށް ވަރަށް ގިނަ ކަންތަތައް ކުރެވެއޭ. ޓިކެޓު ވެސް އެބަ ގަނެވެއޭ. ،ޓިކެޓު ފޮނުވަން ވެސް އެބަ ފޮނުވެއޭ، ސަރުކާރުގެ އިދާރާތަކުން ހޯދަން ޖެހޭ މައުލޫމާތު އޮންލައިންކޮށް، ގޭގައި ތިއްބަވައިގެން ފަސޭހަކަމާއެކު ހޯދެއޭ. އެއީ އެހާ އުނދަގޫކަމެއް ނޫނޭ." މިނިސްޓަރ ވިދާޅުވިއެވެ.

މިއަދު ތައާރަފްކުރި "ގެމެން"މޮޑިއުލް އާ އެކު އުފަން ދުވަހުގެ ސެޓްފިކެޓް ހައްދަން ކައުންސިލަށް އަމިއްލަ އަށް ހުށަހަޅަން ޖެހުން ވެސް ނިމުމަކަށް އައީއެވެ. މަަރުވާ މީހުންގެ މައުލޫމާތު ވެސް ވަގުތުން މި މޮޑިއުލް މެދުވެރިކޮށް، އެ ލިބެންޖެހޭ އިދާރާތަކަށް ލިބޭގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ.

ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން އުފައްދާފައިވާ މި މޮޑިއުލްގެ ބޭނުން ކައުންސިލްތަކާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އާއި ހުރިހާ ހޮސްޕިޓަލްތަކާއި ހެލްތު މިނިސްޓްރީ ފަދަ މީހުންގެ މައުލޫމާތުތައް އެނގެން ޖެހޭ ހުރިހާ ތަނަކުން ބޭނުންކުރުމަށް ވަނީ ނިއްމާފައެވެ. ޓެކްނޮލޮޖީ މިނިސްޓްރީން ބުނެފައިވަނީ ގެމެން މޮޑިއުލް ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ވެސް ލިބޭ ގޮތް ހަދައި، އެ ނިޒާމު އިތުރަށް ފުރިހަމަ ކުރަން މަސައްކަތް ކުރަމުން އަންނަ ކަަމަށެވެ.

އެގޮތުން، ވަރިކައިވެންޏާއި ކުދިންނަށް ދޭ ވެކްސިންތަކުގެ މައުލޫމާތު ވެސް ހިމަނަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ. ގެމެން މޮޑިއުލް އިން ކޮށްދޭ އެއް ކަމަކީ ކުއްޖަކު އުފަންވުމުން ހޮސްޕިޓަލުން ނުވަތަ ސިއްހީ މަރުކަޒަކުން ވިޔަސް ކުއްޖާއާ ބެހޭ މައުލޫމާތު އެ ނިޒާމަށް އެންޓާ ކުރުމާއެކު، ކަމާ ބެހޭ ހުރިހާ ތަނަކަށް އެ މައުލޫމާތު ލިބޭގޮތް މަގުފަހި ކޮށްދިނުމެވެ. އެހެންވެ، އުފަންދުވަހުގެ ސެޓްފިކެޓު ހެއްދުމަށް މާލޭގައި މިހާރު ކުރަން ޖެހޭނެ ކަމަކީ ކުއްޖާގެ ނަން ފާސްކޮށް ސިޓީ ކައުންސިލަށް ހުށަހެޅުމުން ފުދޭނެއެވެ. މިއީ ޑިޕާޓްމަންޓް އޮފް ރެޖިސްޓްރޭޝަން (ޑީއެންއާރް) ވެސް ބައިވެެރިވާ ނިޒާމަކަށް ވާތީ އައިޑީކާޑު ހަދަން ވެސް މާލޭގައި ދެން ހުށަަހަޅަން ޖެހޭނީ ފޮޓޯ އެކަންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން