ކޯވިޑް-19 އަށް ޓެެސްޓު ކުރުމަށް ސާމްޕަލް ނަގަނީ
ކޯވިޑް-19 އަށް ޓެެސްޓު ކުރުމަށް ސާމްޕަލް ނަގަނީ
ރާއްޖެ އިން މިއަދު އިތުރު 21 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެ އިތުރު 10 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

މިއަދު ރާއްޖެ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 03 ދިވެހިންނާއި ބަނގްލަދޭޝްގެ 17 މީހަކާއި ސްރީލަންކާ މީހެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ. މިއަދު ބަލިޖެހުނު 21 މީހުންނާއެކު މިހާރު ރާއްޖެއިން ބަލިޖެހުނު މީހުންގެ އަދަދު ވަނީ 2382 އަށް އަރާފައެވެ.

މިއަދު ބަލިން ރަނގަޅުވި 10 މީހުންނާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 1954 އަކަށް އަރާފައެވެ. މިވަގުތު ބައްޔަށް ފަރުވާ ކުރަމުންދަނީ 414 މީހުންނެވެ. އައިސޮލޭޝަންގައި 284 މީހުން ތިބިއިރު ކަރަންޓީންގައި ތިބީ 134 މީހުންނެވެ. މިހާތަނަށް މިބަލީގައި ރާއްޖެ އިން މަރުވެފައިވަނީ 9 މީހުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން