ފުލުހުންގެ ބިލަށް ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ބައްދަލުވުމުގައި ރޭޕާއި ޖިންސީ ގޯނާއާ ދެކޮޅަށް އިހުތިޖާޖުކޮށްފިއެވެ.
އާންމުންގެ ޚިޔާލު ހޯދުމަށް ބާއްވާ މި ބައްދަލުވުމުގައި އެހާ ގިނަ ބަޔަކު ބައިވެރިވެފައެއް ނުވެއެވެ. ހިމޭން އިހުތިޖާޖުގެ ބައިވެރިން ތިބީ އެކި ޝުއޫރުތައް ހިމެނޭ ބޯޑުތައް ހިފައިގެންނެވެ. މި ބައްދަލުވުމުގައި ބައިވެރިވި ބައިވެރިން ވަނީ ޖިންސީ ގޯނާގެ މައްސަލަތައް ހުށަހެޅުމުން، ގޯނާ ލިބޭ ފަރާތަށް ހިމާޔަތް ދިނުމާއި މިފަދަ މައްސަލަތައް ބަލަމުންދަނީ ކިހިނެއްތޯ ބެލުމަށް ސުވާލު ކޮށްފައެވެ. އަދި ފުލުހުންގެ މުއައްސަސާއަށް ނުފޫޒުފޯރާތޯ ވެސް ސުވާލުކޮށްފައިވެއެވެ.
ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލައެއް ފެންމަތިވުމާއި ގުޅިގެން ރޭޕާއި ޖިންސީ ގޯނާ، އަދި ވަކިން ހާއްސަކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް ދާދިފަހުން މާލޭގައި ވަނީ މުޒާހަރާ އެއްވެސް ބާއްވާފައެވެ.
ފުލުހުންގެ ހިދުމަތުގެ ބިލަކީ އާންމުންގެ މެދުގައި ވެސް ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ބިލެކެވެ. އަދި މި ބިލާއި ގުޅޭގޮތުން ބިލް ދިރާސާކުރަމުންދާ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ވެސް ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ ބިލް ދިރާސާކުރުމުގެ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައެވެ. ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ.
މިރޭ ބޭއްވި ޕެނަލްގައި މައުލޫމާތު ދެއްވާފައިވަނީ ފުލުހުންގެ ފަރާތުން ޗީޕް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ޞަބާހާއި ބިލް ހުށަހެޅުއްވި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ހަސަން ލަތީފު އަދި ހުޅުމާލެ ދާއިރާގެ މެމްބަރ އަލީ ނިޔާޒެވެ.

ކިޔުންތެރިންގެ ހިޔާލު