ފުލުހުންގެ ޚިދުމަތުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް މިރޭ ބޭއްވި ބައްދަލުވުން
ފުލުހުންގެ ޚިދުމަތުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް މިރޭ ބޭއްވި ބައްދަލުވުން
ފުލުހުންގެ ތަހުގީގަށް ހުރަސް އެޅޭނެ އެއްވެސް މައުލޫމާތެއް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ނުހޯދޭ ގޮތަށް ފުލުހުންގެ ހިދުމަތުގެ ބިލުގައިވާ "241 ކޮމިޓީ"ގެ ބާބަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު މިރޭ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިރޭ ބޭއްވި އާންމުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުމުގައި ބިލު ހުށަހެޅުއްވި އެމްޑީޕީގެ ޗެއާޕާސަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ 241 ކޮމިޓީއަށް ބިލުން ދީފައިވާ ބާރުތަކަކީ ގާނޫނު އަސާސީން ކޮމިޓީއަށް މަތިކޮށްފައިވާ ކަންކަން ކަމަށެވެ. ފުލުހުންގެ މުއައްސަސާއާއި ހޯމް މިނިސްޓްރީއާއެކު ބަންޑާރަ ނައިބުގެ އޮފީހުން މަޝްވަރާ ކުރުމަށް ފަހު އެ އޮފީހުން މިހާރު ބިލަށް 40 އިސްލާހެއް ހުށަހަޅާފައިވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އެ އިސްލާހުތަކާއެކު ބިލުގެ އާ ޑްރާފްޓް ޑޮކިއުމެންޓެއް މިހާރު ތައްޔާރު ކުރެވިފައިވާ ކަމަށް ހަސަން ލަތީފު ފާހަގަކުރެއްވިއެވެ.

"މިހާރު މި ބަލާ ބިލުގެ ޑްރާފްޓް ޑޮކިއުމަންޓްގައި އޮންނާނެ، ފުލުހުން ހިންގަމުންދާ ތަހުގީގުތަކަށް ހުރަސް ނޭޅޭ މައުލޫމާތު 241 ކޮމިޓީން އޮޅުން ފިލުވުން، އެހެންވީމަ ހުރަސް އެޅޭނެ މައުލޫމާތެއް ނުހޯދޭނެ." ހަސަން ލަތީފް ވިދާޅުވި އެވެ.

ފުލުހުންގެ ހިދުމަތުގެ ބިލު ފުރަތަމަ އޮތް ގޮތުން މަޖިލީހުގެ 241 ކޮމިޓީއަށް އިތުރު ބާރުތަކެއް ވަނީ ލިބިދީފައެވެ. ފުލުހުންގެ ހިދުމަތަށް ގެންނަން ޖެހޭ ބަދަލުތަކަށާއި، ފުލުހުންނަށް ލިބޭ އިނާޔަތްތަކާ ގުޅޭ ކަންކަމަށް ބަދަލު ގެނައުމަށާއި ތަހުގީގަށް ބަންދު ކުރާ މީހުންނާ މެދު އަމަލު ކުރާ އުސޫލުތައް ބަދަލު ކުރަން ހޯމް މިނިސްޓަރަށާއި ފުލުހަށް އެންގުމުގެ ބާރު ކޮމެޓީއަށް ކުރިން ދީފައިވެއެވެ. އަދި އެ އެންގުންތަކަށް އަމަލު ކުރަން ޖެހޭނެ ކަމަށް ވެސް ބިލުގައިވެއެވެ. ކޮމިޓީއަށް ބާރުތަކެއް ލިބޭ ގޮތަށް އޮތުމުން ބިލަށް ފާޑުކިއުންތަކެއް ވެސް އަމާޒުވެފައިވެ އެވެ.

އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ އެއީ ފުލުހުންގެ މުއައްސަސާގެ ތެރެއަށް މިހާރުގެ ސަރުކާރުންނާއި މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ އިސް ބޭފުޅުންގެ ނުފޫޒު ފޯރުވުމަށް ކުރާ ކަމެއް ކަމަށެވެ.

ފުލުހުންގެ ތަހުގީގަށް ހުރަސް އެޅޭނެ އެއްވެސް މައުލޫމާތެއް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ނުހޯދޭ ގޮތަށް ފުލުހުންގެ ހިދުމަތުގެ ބިލުގައިވާ 241 ކޮމިޓީގެ ބާބަށް ބަދަލު ގެންނަން ނިންމައިފައިވާއިރު ކޮމިޝަނަރ އޮފް ޕޮލިސް މުހަންމަދު ހަމީދު ވެސް ވަނީ ފުލުހުންގެ ތަހުގީގާއި ގުޅޭ ކަންކަމުގެ ތެރެއަށް އެހެން މުވައްސަސާ އެއް ވަނުމަކީ ރަނގަޅު ގޮތް ނޫން ކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން