ިމާލެ ސަރަހައްދުގައި ހިންގާ ގެސްޓް ހައުސްއެއް
ިމާލެ ސަރަހައްދުގައި ހިންގާ ގެސްޓް ހައުސްއެއް
މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ހިންގާ ގެސްޓްހައުސްތައް ޓްރާންސިޓް ހޮޓާތަކުގެ ގޮތުގައި ބޭނުން ކުރުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މަހުގެ 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލުމާގުޅޭ މަސައްކަތްތަކުގެ ތެރެއިން މިހާރު ނެރެފައިވާ "ގައިޑްލައިން ފޯ ރީ-ސްޓާޓިން ޓޫރިޒަމް އިން މޯލްޑިވްސް" ގެ ސެކްޝަން ޑީ، 2 ގައި ބަޔާންކޮށްފައިވާ ގޮތަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކާއި ހޮޓާތައް 15 ޖުލައިގައި ޓްރާންސިޓް މޫވްމަންޓްތަކަށް ބޭނުން ކުރަން ނިންމާފައިވާ ކަމަށެވެ.

ގައިޑްލައިނާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މިންގަޑުތަކުގެ ތެރެއިން މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ހިންގާ ގެސްޓްހައުސްތައް ޓްރާންސިޓް ހޮޓަލުގެ ގޮތުގައި ބޭނުން ކުރަން ހުއްދަދޭނެ ކަމަށް އެ މިނިސްޓްރީ އިން ބުނެފައިވެއެވެ. ނަމަވެސް، މިނިސްޓްރީން ހުއްދަ ދޫކުރާ ފަރާތްތަކުން، ހުޅުވުމުގެ ކުރިންނާއި ހުޅުވުމަށް ފަހު ގެސްޓްހައުސް އޮޕަރޭޓް ކުރުމަށް، ގައިޑްލައިންގައި ބަޔާންކުރާ ކަންތައްތައް ފުރިހަމަ ކުރަންވާނެ ކަމަށް އެ މިނިސްޓްރީ އިން ބުނެފައިވެއެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ ބޯޑަރު މިމަހުގެ 15 ވަނަ ދުވަހު ހުޅުވާލައި ރިސޯޓުތައް ވެސް ހުޅުވާލާށެވެ. ނަމަވެސް ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދޭން ނިންމާފައިވަނީ އޯގަސްޓް މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން