ރާއްޖެއިން ކޮވިޑް-19 ޖެހިގެން 10 ވަނަ މީހަކު ނިޔާވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ ކޮވިޑް ޖެހިގެން ފަރުވާ ހޯދަމުންދިޔަ ދިވެހި ފިރިހެނަކު މިރޭ 11:54 ހާއިރު ނިޔާވެފައިވާ ކަމަށެވެ. މިރޭ ނިޔާވެފައިވަނީ އުމުރުން 92 އަހަރުގެ މީހެކެވެ. އޭނާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ ކޮވިޑް ސެންޓަރުގައި ފަރުވާ ހޯދަމުންދިޔަ މީހެއް ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. މިއީ ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި 10 ވަަނަ މީހާއެވެ.
މީގެ ކުރިން މި ބަލީގައި ނިޔާވެފައިވަނީ ހަތަރު ދިވެހިންނާއި ފަސް ބިދޭސީންނެވެ. ނިޔާވި މީހުންގެ ތެރޭގައި ހިމެނޭ ދިވެހިންނަކީ އުމުރުން ދުވަސްވީ މީހުންނެވެ.
ރާއްޖެއިން ކޮވިޑް ބަލިޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 2382 އަށް އަރާފައެވެ. ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 1954 އަށް އަރާފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 414 މީހުންނެވެ. އައިސޮލޭޝަންގައި 284 މީހުން ތިބިއިރު ކަރަންޓީންގައި ތިބީ 134 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު