ރާއްޖޭން ފަރުވާކުރެވެން ނެތް ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް އިތުރު ދިވެހިން އިންޑިއާއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް 28 ދިވެހިން މިހާރު ވަނީ އިންޑިއާއަށް ފުރުވާލާފައެވެ. އަދި އިތުރު ދިވެހިން އިންޑިއާއަށް ފަރުވާ ހޯދަން ދެވޭނެކަމުގެ ޔަގީންކަން އިންޑިއާ ސަރުކާރުން ވަނީ ދީފައެވެ. މި ޔަގީންކަން އިންޑިއާއިން ދީފައިވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއެކު އިއްޔެ ހަވީރު ފޮރިން މިނިސްޓްރީގައި ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
ކޮވިޑް-19 އާ ގުޅިގެން އިންޑިއާގެ ބޯޑަރު ބަންދު ކޮށްފައިވާތީ އިންޑިއާ ރައްޔިތުން ނޫން އެހެން މީހުންނަށް އެ ގައުމަށް މިވަގުތު ނުވަދެވޭ ކަން ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް އެހެން ގައުމުތަކަށް އަދި ދީފައިނުވާ ޚާއްޞަ ހުއްދައެއްގެ ދަށުން އާސަންދައިގެ ދަށުން ފަރުވާކުރަމުންދާ ޚާއްޞަ ފަރުވާދޭން ޖެހޭ ބަލި މީހުން އިންޑިއާއަށް ގެންދިޔުމަށް އިންޑިއާއިން ދިން ފުރުސަތުގައި 28 މީހަކު މިހާރު ވަނީ އެގައުމަށް ގޮސްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު