ސަރުކާރުގެ މައި ކަރަންޓު ކުންފުނި ސްޓެލްކޯ މައި އިދާރާ (ރަސް ފޮޓޯ- ޝާން)
ސަރުކާރުގެ މައި ކަރަންޓު ކުންފުނި ސްޓެލްކޯ މައި އިދާރާ (ރަސް ފޮޓޯ- ޝާން)
ޖޫން މަހުގެ ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުވި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބެލުމަށާ އެކަމާ ގުޅިގެން ސްޓެލްކޯ ޖަވާބުދާރީ ކުރުވުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު ހުށަަައަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވާ މީކާއީލް ފޮނުއްވި ސިޓީގައި ބުނެފައިވަނީ މާލެ ސިޓީގެ ގޭގެއަށް މިދިޔަ މަހު ކަރަންޓް ބިލް ލިބުނުއިރު އެބިލްތައް އާދަޔާއި ހިލާފަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ އެ ދާއިރާގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންގެ ފަރާތުން ލިބިވަޑައިގަންވަމުންދާ ކަމަށެވެ. އަދި އެ ބިލްތައް ބޮޑުވެފައިވާ ކަަމަށް ފެންނަނީ މާލެ ސިޓީ ލޮކްޑައުން ކުރުމާއި ގުޅިގެން ސަރުކާރުން ދިން ސަބްސިޑީ ކަނޑާލުމާއި ގުޅިގެން ކަމަށް ސްޓެލްކޯއިން ބުނެފައިވީނަމަވެސް، ލޮކްޑައުން އައުމުގެ ކުރީ މަސްތަކުގެ ކަރަންޓް ބިލާއި އަޅާކިޔާއިރުވެސް ޖޫން މަހުގެ ބިލް ދެ ގުނަ، ތިންގުނަ އަދި ހަތަރުގުނަވެސް ބޮޑުވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް މީކާއިލްގެ ސިޓީގައި ބުނެފައިވެއެވެ.

"އެހެން ކަމުން ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުންނަށް މާލީ ގޮތުން އިންތިހާއަށް ދަތިވެފައިވާ މިދަނޑިވަޅުގައި ޖޫން މަހުގެ ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުވެފައިވާ ސަބަބު، މަޖިލީހުގެ ކަމާއި ބެހޭ ކޮމެޓީ މެދުވެރިކޮށް އޮޅުން ފިލުވައިދެއްވައި ސްޓެލްކޯ ޖަވާބުދާރީ ކޮށްދެއްވުމަށް އެދި ދެންނެވީމެވެ." މީކާއިލްގެ ސިޓީގައިވެއެވެ.

މިއަދު ގިނަ ބަޔަކު ވަނީ ޖޫން މަހުގެ ކަރަންޓް ބިލް ވަރަށް ބޮޑުވެފައިވާކަމަށްބުނެ ޝޯޝަލް މީޑިޔާގައި ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި ލޮކްޑައުންގެ ކުރިން އައި ބިލްތަކާއި ޖޫން މަހުގެ ބިލްގައި ހުރި ތަފާތުތައް ގިނަ ބަޔަކު ވަނީ ފާހަަގަކޮށް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ. ބައެއް ބިލްތައް ތިންގުނަ އަދި ހަތަރު ގުނަައަށް ވެސް ވަނީ ބޮޑުވެފައެވެ.

އެގޮތުން ހާހެއްހާ ރުފިޔާ ކުރިން ނާރާ ގޭގޭގެ ބިލްތަކަށް މިފަހަރު 4،000 ރުފިޔާ އަރާފައިވާ ކަން ފާހަގަކޮށްލެވެއެވެ. ސްޓެލްކޯއިން ބުނީ ބިލް ބޮޑު ކަމަށް ހީވަނީ ކުރީ ދެ މަހު ދިން ސަބްސިޑީ މިފަހަރު ނެތުމުން ކަމަށެވެ. ސްޓެލްކޯގެ މި ސްޓޭޓްމަންޓާއި ގުޅިގެން ރުޅި ގަދަވެފައި ތިބި ރައްޔިތުންގެ ރުޅި އިތުރަށް ގަދަވެ ސަރުކާރަށާއި ސްޓެލްކޯއަށް ރައްދު ކުރަމުން ދިޔަ ބަހުގެ ހަމަލާތައް ދެގުނައަށް އިތުރުވެގެން ގޮސްފައިވާ ކަން ވަނީ ފާހަގަ ކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު


-11

ހުދު ފޮށާ

03-Jul-2020

މިގޭ ކުކުޅު ބިސްނާޅާ ތާ 1 އަހަރުވެއްޖެ.. މަޖިލީހުން މިކަން ބައްލަވާދެއްވަން ވީނޫންތޯ..؟ ތީ ހުރިހާ މައްސަލަ ބަލާ ތަންވިއްޔާ.. ކުރާނެ ނުކުރާނެ ކަމެއް، ހަމަޔެއް ލަމައެއް.. ގޮތެއް ފޮތެއް.. ނޭގޭ ގޭ ގަމާރުން ތަކެއް އެއްތަނަކަށް އެއްވެ ބާރު ލިބުނީމަ ވާނީ މިކަހަލަ ގޮތެއް..


-4

ކިބޫ

02-Jul-2020

ނާގާބިލު ސަރުކާރެއްގަ ތިހުރިހާކަމެ ހިގާނެ



ޓްރެންޑިން