ދ. މާއެނބޫދޫ ޞިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަސައްކަތް ޙަވާލުކޮށްފައިވަނީ ޑީ.އެން.އެފް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެވެ. 4.7 މިލިއަން ރުފިޔާގެ މި މަސައްކަތް ޑީ.އެން.އެފް އިންޖިނިއަރިންގއާއި ޙަވާލުކޮށްފައިވަނީ 150 ދުވަހުން ނިންމާގޮތަށެވެ.
މި މަޝްރޫޢުގެ ދަށުން މާއެނބޫދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި، ލެބޯޓަރީ އަދި ޕޯރޓިކޯ ހެދުމުގެ މަސައްކަތް ކުރުން ހިމެނޭކަމަށް ހެލްތު މިނިސްޓްރީން މަޢުލޫމާތުދީފައިވެއެވެ.
މި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ އެގްޒެކެޓިވް ޑައިރެކްޓަރ ޢަބްދުލް ޙަންނާނު ޙުސައިނެވެ. އަދި ޑީ.އެން.އެފް އިންޖިނިއަރިންގގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް ޝަކީބު އަޙްމަދެވެ.

ކިޔުންތެރިންގެ ހިޔާލު