ރައްޔިތުންގެ މަޖިލިސް އިދާރާގައި ޖިމަކާއި ފިހާރައެއް އަދި ރެސްޓޯރަންޓެއް ގާއިމްކުރުމަށް ނިންމި ނިންމުމާއި ގުޅިގެން ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ފާޑުވިދާޅުވެއްޖެއެވެ.
އެކަމަށް ފާޑުވިދާޅުވެ ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޅި ގައުމުގެ ރައްޔިތުންގެ ރައްކާތެރިކަމަށް ޚަރަދުކުރަން ފައިސާ ބޭނުންވެފައިވާ މިދަނޑިވަޅުގައި ވެސް ރައްޔިތުންގެ މަޖިލީހުން އަވަދިނެތި އުޅެނީ އެތަނުގައި މުނިފޫހި ފިލުވާ ތަންތަން ގާއިމްކުރުމަށް ހޭދަ ކުރުމުގައި އަވަދިނެތި ކަމަށެވެ. އަދި މިއީ ލަދުވެތިވާން ޖެހޭނެ ކަމެއް ކަމުގައި ދުންޔާ ވިދާޅުވެފައި ވެއެވެ.
މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 އިން ސަލާމަތްވުމަށްޓަކާ ގިނަ ހަރަދުތަކެއް ވަނީ ކުރަންޖެހިފައެވެ. ރާއްޖޭގެ މުޅި އިގްތިސާދު ބަރޯސާވެފައި އޮތް ފަތުރުވެރިކަން ހުއްޓުމަކަށް އައިސްފައިވާއިރު ދައުލަތަށް އާމްދަނީ ލިބޭނެ ދޮރުތައް މުޅިންހެން ވަނީ ބަންދުވެފައެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް ލިބޭ އަމްދަނީ އެހެން އަހަރުތަކާއި އަޅައި ބަލާއިރު ބޮޑުތަނުން ދަށްވެ ސަރުކާރަށް ވަނީ ހަރަދުކުރާ މިންވަރު މަދުކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް މަޖުބޫރުވެފައެވެ. އެގޮތުން ސަރުކާރުން މި ދަނޑިވަޅުގައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫނީ ނުކުރުމަށް ނިންމައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރައަށްވެސް ވަނީ ބަދަލުގެނެސްފައެވެ.
ރައްޔިތުންގެ މަޖިލީހުގައި ޖިމަކާއި، ރެސްޓޯރަންޓެއް އަދި ފިހާރައެއް ގާއިމްކުރުމަށް ނިންމާފައިވާކަމަށް މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގައި މި ތަންތަން ގާއިމްކުރުމަށް ނިންމާފައި ވަނީ އެ އިދާރާގެ ސޯޝަލް ކުލަބުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

While the whole country is asking to fund our safety the Majlis is too busy funding their work place entertainment. Shame. https://t.co/QroBU08Pkt
— Dunya Maumoon (@dunyamaumoon) July 1, 2020
ރައްޔިތުންގެ މަޖިލީހުގައި ޖިމަކާއި، ރެސްޓޯރަންޓެއް އަދި ފިހާރައެއް ގާއިމްކުރުމަށް ނިންމާފައިވާކަމަށް މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގައި މި ތަންތަން ގާއިމްކުރުމަށް ނިންމާފައި ވަނީ އެ އިދާރާގެ ސޯޝަލް ކުލަބުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު