ރައީސް މައުމޫން
ރައީސް މައުމޫން
އެއްވެސް ބަޔަކު ކޮރަޕްޝަން އަށް މަގުފަހިވާގޮތަށް ކަމެއް ނިއްމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ރައީސް، އަދި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް މިިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްވެސް ބަޔަކު ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމެއް ނިއްމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ސަރުކާރުގެ ޒީރޯ ޓޮލަރެންސް ސިޔާސަތާ ކަނޑައެޅިގެން ޚިލާފު ކަމެއްކަން ރައީސް މައުމޫން ވަނީ ފާހަގަކުރައްވާފައެވެ.

"އެއްވެސް ބަޔަކު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމެއް ނިއްމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން، އެއީ ސަރުކާރުގެ ޒީރޯ ޓޮލަރެންސާއި ކަނޑައެޅިގެން ޚިލާފު ކަމެއް" އެމްއާރުއެމް ޓެގް ކުރައްވައި ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން މިމޭރުމުން ވާހަކަފުޅު ދައްކާވަފައި މިވަނީ ސީދާ ކޮން ސަބަބަކާއި ގުޅިގެން ކަން ސާފެއް ނުވެއެވެ. އެހެން ނަމަވެސް ދާދިފަހުން ސަފާރީ އެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރުކުރި ދެމީހުން ސިޔާސީ ބައެއްގެ ނުފޫޒުން ދޫކޮށްލި ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

އެހެން ނަމަވެސް ފުލުހުން އެކަން ދޮގުކުރެއެވެ. ފުލުހުން ބުނީ އެމައްސަލައިގައި ހައްޔަރުކުރި ދެމީހުން ދޫކޮށްލުމަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވައިފައިނުވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން