މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ހަލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 19.3 އިންސައްތައިގެ ކުރިއެރުމެއްކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 606395 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވާ 508306 ފަތުރުވެރިންނާއި އަޅާބަލާއިރު 19.3 އިންސައްތަ އިތުރު އަދަދެކެވެ.
ތަފާސް ހިސާބަށް ބަލާއިރު މިހާރު އެވްރެޖްކޮށް ދުވާލަކު 5775 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެއެވެ. އަދި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު އުޅެނީ އެވްރެޖްކޮށް 8 ދުވަހުގައެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓްތަކަށް ބަލާއިރު، 73578 ފަތުރުވެރިންނާއެކު 1 ވަނައިގައި އުޅެނީ ރަޝިޔާއެވެ. 64250 ފަތުރުވެރިންނާއެކު 2 ވަނައިގައި އުޅެނީ އިންޑިއާއެވެ. އަދި 59616 ފަތުރުވެރިންނާއެކު މާކެޓްގެ 3 ވަަނައިގައި އުޅެނީ އިނގިރޭސިވިލާތެވެ.
ސަރުކާރުން 2022 ވަނަ އަހަރު ރާއްޖެއަށް ގެނައުމަށް އަމާޒުހިފީ 1.6 މިލިއަން ފަތުރުވެރިންނެވެ. މި އަމާޒު ވަނީ ޑިސެމްބަރުމަހުގެ 20 ވަނަ ދުވަހު ހާސިލްވެފައެވެ. އަދި މިއަހަރަށް ސަރުކާރުން އަމާޒުހިފާފައިވަނީ 1.8 މިލިއަން ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގެ ރެކޯޑެއް ހެދުމަށެވެ.

ކިޔުންތެރިންގެ ހިޔާލު