ރާއްޖޭގައި އުޅޭ އިންޑިއާ މީހަކު މެލޭރިއާއަށް ޕޮޒިޓިވްވެއްޖެއެވެ.
މިއަހަރުގެ ޖެނުއަރީން ފެށިގެން ރާއްޖޭގައި އުޅޭ މިމީހާ މެލޭރިއާއަށް ޕޮޒިޓިވްވިކަން އެނގުނީ މިދިޔަ ހަފުތާގައި ޑޮކްޓަރަށް ދެއްކުމުންނެވެ. މެލޭރިއާއަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބައްޔެކެވެ.
މިކަމާގުޅިގެން އެޗްޕީއޭއިން ބުނީ މެލޭރިއާ ޖެހިފައިވާ މީހަކު ރާއްޖެއިން ފެނުނު ނަމަވެސް އެކަމުގެ ސަބަބުން ބަލި ފެތުރުމުގެ ބިރެއް ނެތްކަމަށެވެ. އަދި ބަލި ޖެހިފައިވާ މީހާއަށް ފަރުވާދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މި ބަލި ރާއްޖެއިން ނައްތާލެވިފައިވާކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވަނީ ކަނޑައަޅާފަ އެވެ.
ދެކުނު އިރުމަތީ އޭޝިޔާގެ ޑަބްލިޔުއެޗްއޯގެ މެންބަރު ގައުމުތަކުގެ ތެރެއިން މެލޭރިއާ މުޅިން ނައްތާލެވުނު ފުރަތަމަ ގައުމަކީ ވެސް ރާއްޖެ އެވެ.

ކިޔުންތެރިންގެ ހިޔާލު