ދެ ބޭހަކަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސް ކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ, އެފްޑީއޭއިން ބުނީ، ރާއްޖޭގައި ވިއްކުމާއި އެތެރެކުރުމަށް ހުއްދަ ދީފައިވާ ލިސްޓްގައި ނުހިމެނޭ ބޭހެއްކަމަށްވާ "Defitelio (Defibrotide Sodium)" ބޭހުގެ ނަކަލެއް ޔުނައިޓެޑް އެރަބް އެމިރޭޓްސް އާއި ކިރިގިސްތާނުން ފެނިފައިވާ ކަމަށެވެ.
އެހެންކަމުން ބޭސް ސިޓީއަށް އަމިއްލައަށް ބޭރުން ބޭސް ގެންނައިރު އެކަމަށް ސަމާލުވުމަށް އެފްޑީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
އޭގެއިތުރުން ޕާކިސްތާނުގެ ކަރާޗީގައި އުފައްދާ ޓެލްސާޓާ 40 ގެ ބެޗެއްގައި މުށި ކުލައިގެ ލައްތަކެއް ހުރުމުން އެކަމަށް ސަމާލުވުމަށް ވެސް އެމްއެފްޑީއޭއިން އެދިފައިވެއެވެ.
އެފްޑީއޭއިން ބުނީ ޓެލްސާޓާއަކީ ރާއްޖެ އެތެރެ ކުރާ ބޭހެއް ކަމަށެވެ. ނަމަވެސް މިހާރު މައްސަލަ ހުރިކަން ފާހަގަވެފައިވާ ބެޗު ރާއްޖެއަށް އެތެރެވެފައިވާކަން ފާހަގަކުރެވިފައިނުވާ ކަމަށް އެފްޑީއޭ އިން ވަނީ ބުނެފައެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ރާއްޖެއަށް އެތެރެކުރާ ބޭސް ހާއްސަ ސަމާލުކަމެއް ދީގެން ޕޯޓްތަކުގައި ބަލައި ފާސްކުރަމުން ދާނެ ކަމަށްވެސް އެމްއެފްޑީއޭ އިން ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު