ރިސޯޓުތަކުގެ އިސް މަގާމުތައް ދިވެހިންނަށް ޚާއްސަކުރުމުން ރާއްޖޭގެ އިޤްތިޞާދަށް އެކަމުގެ ފައިދާކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.
ޖާބިރު މިމޭރުމުން ވިދާޅުވީ، ރިސޯޓުތަކުގެ މެނޭޖަރކަމާއި، ހިއުމަން ރިސޯސް މެނޭޖަރ ކަމާއި، އެކައުންޓްސް މެނޭޖަރ ފަދަ މުހިންމު މަގާމުތައް ހަމައެކަނި ދިވެހިންނަށް ޚާއްސަކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ޖާބިރު ހުށައަޅުއްވާފައިވާ ޤަރާރަށް ބަޙުސްކުރަށްވަމުންނެވެ. އެގޮތުން ޖާބިރު ވިދާޅުވީ، ރިސޯޓުތަކުގެ މަތީ މަގާމުތަކުގައި ބިދޭސީން ތިބުމުގެ ސަބަބުން އެފަދަ މަގާމުތައް އަދާކުރުމުގެ ގާބިލްކަން ލިބިފައިވާ އެތައް ދިވެހީންނަށް ކުރިއެރުން ނުލިބުމާއި، ރާއްޖެއަށް ވަންނަ ޑޮލަރު ބިދޭސީންނަށް ލިބި އިގްތިސާދަށް ނޭދެވޭ އަސަރު ކުރަމުންދާ ކަމަށެވެ.
ޖާބިރު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތުގެ މުހިންމު ދާއިރާތަކުން ދިވެހިން ކިތަންމެ މަތިން ތައުލީމް ހާސިލް ކުރި ކަމުގައިވީ ނަމަވެސް ނަންހިނގާ ފެންވަރު ރަނގަޅު ރިސޯޓެއްގެ މަތީ މަގާމެއް ލިބުމުގެ އެއްވެސް އުއްމީދެއް ދިވެހިންނަށް ނެތް ކަމަށެވެ. އެހެންކަމުން އެ މަޤާމުތަކުގައި ތިބޭ ބޭރު މީހުން ގިނަޢަދަދަކަށް ޑޮލަރު ރާއްޖޭންބޭރަށް ގެންދާއިރު، ދިވެހި މީހާގެ ޖީބަށް މަދުން ޑޮލަރު އަންނަ މައްސަލައަކީ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ކަންބޮޑުވާ ކަމެއްކަމަށް ޖާބިރު ވިދާޅުވިއެވެ.
"މި ގަރާރުގެ ނަތީޖާއަކަށް ވާން ޖެހޭނީ ދިވެހިރާއްޖޭގެ އިކޮނޮމީއަށް ރަނގަޅު ހެޔޮ ބަދަލެއް އައުން." ޔޮޓް ޓުއަރސް ކުންފުނީގެ ޗެއަރމަން ޢަބްދުﷲ ޖާބިރު މިއަދު ވިދާޅުވިއެވެ.
ރިސޯޓުތަކުގައި ބޮޑު މުސާރައިގައި ބިދޭސީން ތިބުން ނިމުމަކަށް ގެންނަން ޖެހޭކަން ފާހަގަކުރަށްވަމުން ޖާބިރު ވިދާޅުވީ، ބައެއް ރިސޯޓުތަކުގެ މެނޭޖްމަންޓް ކުންފުނިތަކުން ދިވެހީންނާ މެދު އިހާނެތިކޮށް ކަންތައް ކުރާކަމުގެ ޝަކުވާވެސް މިހާރު ޢާއްމުވެފައިވާ ކަމަށެވެ.
ޖާބިރު މިއަދު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ވެފައިވާއިރު ފަތުރުވެރިކަން ކުރިއަރުވާފައިވަނީ އެދާއިރާގައި މަސައްކަތްކުރާ މީހުންގެ ކުޅަދާނަކަމުން ކަމަށެވެ. އެގޮތުން ދިވެހިންނަކީ މަސައްކަތްތެރި ވިސްނުންތޫނު ބައެއްކަމަށް ޖާބިރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު