މެދު ރާއްޖެތެރޭގެ ރަށެއްގައި އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކު ބަނޑުބޮޑުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.

މިދިޔަ އަންގާރަ ދުވަހު ފެންމަތިވި މި މައްސަލައިގައި ފުލުހުން ބުނެފައިވަނީ ކުޑަކުއްޖަކު ބަނޑުބޮޑުވި މައްސަލަ ޖެންޑާ މިނިސްޓްރީން ހުށަހަޅާފައިވާ ކަމަށެވެ. އެމައްސަލަ ބަލަމުން އަންނަނީ ރޭޕްގެ މައްސަލައެއްގެ ގޮތުގައި ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލާގައި މިހާރު އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީ މަހު އުމުރުން އެންމެ ދެ އަހަރުގެ ކުއްޖަކަށް އެ ކުއްޖާގެ ކާފައާއި މުނިކާފަ ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައިވާއިރު ދާދިފަހުން މާލޭ ގެސްޓް ހައުސްއެއްގައި އުމުރުން 11 އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައެއް ވެސް ފަޅާއަރައިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން