މެދު ރާއްޖެތެރޭގެ ރަށެއްގައި އުމުރުން 10 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ އިދާރާ އިން މިއަދު ބުނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަ ކުއްޖާ އަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެ ކަމަށެވެ. މި މައްސަލާގައި އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މިއީ މި ހަފްތާގެ ތެރޭގައި ފެންމަތިވި، ކުޑަ ކުދިންނަށް ކުރާ ޖިންސީ އަނިޔާގެ ދެވަނަ މައްސަލަ އެވެ. މެދު ރާއްޖެތެރޭގެ ރަށެއްގައި އަންހެން ކުއްޖަކު ރޭޕްކޮށް ބަނޑުބޮޑުވި މައްސަލައެއް ވެސް މީގެ ދެ ދުވަސް ކުރިން ފެންމަތިވެފައި ވެއެވެ. މި މައްސަލައިގައި މިހާރު އުމުރުން 37 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން