ރަ. އަލިފުށި
ރަ. އަލިފުށި
އަންހެނަކު ނަމާދަށް ހުއްޓާ އޭނާ ދިރިއުޅެމުންދާ ގެއަށް ވަދެ، އަންހެން މީހާގެ އަނގަޔަށް ކެމިކަލް އެޅި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާ އިން ބުނީ އަލިފުށީގައި ރޭ ހިނގި އެހާދިސާއާ ގުޅިގެން ފުލުހުން މިހާރު ވަނީ 32 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައި ކަމަށެވެ. އެއީ އަންހެން މީހާގެ ކުރީގެ ފިރިމީހާ ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

އަންހެނެއްގެ އަނގަޔަށް ލައްފިލުވާ އެޅި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ ރޭ 21:45 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ. މައްސަލަ ހުށަހެޅުމާއެކު އެ ސީންއަށް ގޮސް އަނިޔާ ލިބުނު މީހާ އެރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. 

އަންހެން މީހާގެ އަނގަޔަށް ލައްފިލުވާ އަޅާފައި ވަނީ އަންގިއެއް ވެސް އަތަށް ލައްވައިގެން ގޮސް ކަމަށް އަލިފުށިން ވާހަކަ ދެއްކި ބައެއް މީހުން ބުނެ އެވެ.

އަންހެން މީހާ، ނަމާދަށް ހުއްޓާ ގަދަކަމުން، އޭނާގެ އަނގައިގައި ހިފަހައްޓާ، އޭނާގެ ކަރު ތެރެއަށް ލައްފިލުވާ އެޅީ ކަމަށް އެރަށުން ވާހަކަ ދެއްކި މީހުން ވަނީ ބުނެފައެވެ.

އެ ހާދިސާ ހިނގާފައި ވަނީ އަންހެން މީހާ ހޯމް ކަރަންޓީނުގައި އާއިލާގެ މީހެެއްގެ ގޭގައި އުޅުމަށް ފަހު، އިއްޔެ ކަރަންޓީނުގެ މުއްދަތު ހަމަވުމުން އޭނާގެ އަމިއްލަ ގެއަށް ދިޔަތާ ދެވަނަ ރޭގައި ކަމަށްވެއެވެ.

ކުރީގެ ފިރިމީހާ އެފަދަ އަނިޔާވެރި އަމަލެއް އަންހެން މީހާއާ މެދު ހިންގިއިރު އެދެމީހުންގެ ދަރިއަކު ހުންނަ ކަމަށްވެސް ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން