ޖޫން މަހުގެ ކަރަންޓު ބިލުވެސް ސަބްސިޑައިޒްކޮށް، ބިލުން 40 އިންސައްތަ ކަނޑާލަން ނިންމާފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ބުނެފިއެވެ.
ޖޫން މަހުގެ ބިލުންވެސް 40 އިންސައްތަ ކަނޑާލަން ނިންމިކަން ސްޓެލްކޯއިން ހާމަކުރީ ޖޫން މަހު ބިލު ލިބުނު އިރު އެތައް ގުނައަކަށް ބޮޑުވެފައިވާތީ އާންމުން ރުޅިގަދަވެ ސޯޝަލް މީޑިއާގައި ފާޑުކިޔަން ފެށުމުންނެވެ.
އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ޖޫން މަހުގެ ކަރަންޓު ބިލުތައް ސަބްސިޑީ ހިމަނައިގެން އިސްލާހުކުރުމަށްފަހު އަލުން ފޮނުވާނެ ކަމަށެވެ. ކަރަންޓް ބިލާއި ގުޅޭ ގޮތުން ސަރުކާރާއި މައުލޫމާތު ހިއްސާ ކުރި ކަމަށާއި، ގޭތަކަށް ފޮނުވި ބިލަކީ އެންމެ އެކިއުރޭޓް ބިލް ނޫން ކަމަށް ގަބޫލު ކުރާ ކަމަށް މުޣުނީ ވިދާޅުވިއެވެ.
ކޮވިޑް-19 އާ ގުޅިގެން އޭޕްރިލް މަހާއި މެއި މަހުގެ ފެނާއި ކަރަންޓް ބިލް ކުޑަކޮށްދޭން ސަރުކާރުން ވަނީ ނިއްމާފައެވެ.އަދި އެ ދެމަހުވެސް ކަރަންޓު ބިލުން 40 އިންސައްތަ ފެން ބިލުން 30 އިންސައްތަ ކަނޑައިދީފައިވާ ކަން ފާހަގަކޮށްލެވެއެވެ.
އެހެން ނަމަވެސް މި މަހު ކަރަންޓް ބިލް އައިއިރު އެހެން މަސްތަކަށްވުރެ ބިލުތައް އެތައް ގުނައަކުން ވަނީ ބޮޑުވެފައެވެ. އެކަމާއި ގުޅިގެން ރައްޔިތުންގެ ޝަކުވާ ބޮޑުވެފައިވާއިރު އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށްވެސް މިހާރު ވަނީ ހުށައަޅާފައެވެ. މީގެ އިތުރުން އިދިކޮޅު ކޯލިޝަނުން ވަނީ ބޮޑުވި ކަރަންޓްބިލް ނުދެއްކުމަށް ގޮވާލައި އެއީ ކުރި ބޮޑު ވައްކަމެއް ގޮތުގައި ސިފަކޮށްފައެވެ. އަދި "ކަރަންޓުން ވެސް ވައްކަން" މިނަމުގައި އިދިކޮޅު ކޯލިޝަނުން ޕީިޕީއެމް އޮފީސް ދޮރުމަތީގައި މިރޭ އެއްވުމެއް ބޭއްވުމަށްވެސް މިހާރު ވަނީ ނިއްމާފައެވެ.
ސްޓެލްކޯއިން ބުނީ ޖޫން މަހުގެ ކަރަންޓް ބިލް ކުޑަކުރުން އެއީ ސަރުކާރުން ދިން ސަބްސިޑީއެއް ކަމަށެވެ. މިދިޔަ މަހުގެ ބިލަށް ޑިސްކައުންޓް ދިނުމުގެ އިތުރުން ނުދެއްކި ހުރި ބިލްތައް އެކި މަސްތަކަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމު ވެސް ސްޓެލްކޯ އިން ވަނީ ހަމަޖައްސައިދީފަ އެވެ.

ކިޔުންތެރިންގެ ހިޔާލު