ސަރުކާރަށް ގޮންޖަހާފައި އެފްއޭއެމުން އިންތިހާބު ބޭއްވީ ގަވާއިދާ ހިލާފަށް ކަމަށާއި އިންތިހާބު ބާތިލުކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް ބައްސާމް އަދީލް ޖަލީލް މިއަދު ވަނީ އިންތިޚާބުކޮށްފައެވެ. މިއަދު އެފްއޭއެމްގެ އިންތިޚާބު ބޭއްވިއިރު، އިންތިޚާބު ފަސްކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީން ވަނީ ކުޅިވަރާ ބެހޭ ވުޒާރާގައި އެދިފައެވެ. އެއާއެކު އެ ވުޒާރާއިން ވަނީ އިންތިޚާބު ފަސްކުރުމަށް އެދި އެފްއޭއެމަށް ސިޓީއަކުން އަންގާފައެވެ. އެހެން ނަމަވެސް ސަރުކާރާއި މަޖިލީހަށް ގޮންޖަހައި އެފްއޭއެމުން ވަނީ ކޮންގުރެސް ބާއްވައި އިންތިޚާބުވެސް ބާއްވާފައެވެ.
އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރަށް ގޮންޖަހާފައި އެފްއޭއެމުން އިންތިހާބު ބޭއްވީ ގަވާއިދާ ހިލާފަށް ކަމަށާއި އިންތިހާބު ބާތިލްކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވާން ޖެހޭ ކަމަށެވެ.
"ސަރުކާރަށް ގޮންޖަހާފައި އެފްއޭ މޯލްޑިވްސްގެ އިންތިހާބު ބޭއްވީ ގާނޫނާއި ގާނޫނުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދާ ހިލާފަށް. އެފްއޭއެމްގެ އިންތިހާބަކީ ބާތިލް އިންތިހާބެއްކަން މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވާން ޖެހޭ. ރައްޔިތުން ބޭނުންވަނީ ގާނޫނީ ދައުލަތެއް މިގައުމުގައި ހިނގަން." އާޒިމް ކުރެެއްވި ޓުވީޓްގައި ވިދާޅުވެފައިވެއެވެ.
މެންބަރު އަލީ އާޒިމް ވަނީ އެފްއޭއެމާއި މެދު ފިޔަވަޅު އަޅައިދިނުމަށް މިނިސްޓްރީއަށް އެންގުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއްވެސް ހުށައަޅުއްވާފައެވެ. އާޒިމް މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ހިންގާ ގަވާއިދާއި ކުޅިވަރު ގާނޫނާއި އަދި ފީފާގެ ހިންގާ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީ އަށް އެންގުމަށާއި އެ ކަންކަމަށް އަމަލުކުރުމަށް ފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށް އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.
ބައްސާމާއި އޭނާ ހުށަހެޅުއްވި ޓީމު އެގްޒެކެޓިވް ކޮމިޓީ އަށް ހޮވުނީ، އިތުރު ކެންޑިޑޭޓެއް އެމަގާމުތަކަށް ކުރިމަތިލާފައި ނެތުމުން ވޯޓު ނެގުމެއް ނެތި ކަން ފާހަގަކޮށްލެވެއެވެ. އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާ ހާލަތެއްގައި، އެއްވެސް ކްލަބަކުން އިއުތިރާޒުނުކުރާ ނަމަ ވޯޓެއް ނެތި މަގާމުތަކަށް ހޮވޭ ގޮތެއް އަސާސީ ގަވާއިދަށް ބަދަލު ގެނައީ މިއަދުގެ ކޮންގްރެސްގައި، މެމްބަރުންގެ އިއްތިފާގުންނެވެ.
އެކަމަކު ކޮންގްރެސް އޮންނަ ދުވަހާއި ތާރީހާއި އަދި ލައިވްކުރާކަން ވެސް އެފްއޭއެމުން މީޑިއާ އަށް އަންގާފައެއް ނުވެ އެވެ. އިންތިހާބު މިއަދު އޮންނަކަން އެނގުނީ ފީފާ އިން އިއްޔެ އެފްއޭއެމަށް ފޮނުވި ސިޓީއަކުންނެވެ. އެސިޓީއަކީ އަލީ އާޒިމް މަޖިލީހަށް މައްސަލަ ހުށަހެޅުއްވުމުން އެފްއޭއެމުން އެކަން ފީފާގެ ސަމާލުކަމަށް ގެނުމާ އެކު، ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ އިން އެފްއޭއެމަށް ފޮނުވި ސިޓީއެކެވެ.
އެ ސިޓީގައި ވަނީ އެފްއޭއެމަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު ވަންނަ ނަމަ، ދިވެހި ފުޓްބޯޅަ އަށް ސަސްޕެންޝަނެއް އަތުވެދާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި އެފްއޭއެމްގެ ގަވާއިދާ އެއްގޮތަށް، މިނިވަންކަމާ އެކު އެ އެސޯސިއޭޝަނުގެ އިންތިހާބީ މަރުހަލާ ކުރިއަށް ގެންގޮސް، މިހާރު ރޭވިފައިވާ ގޮތަށް އިންތިހާބީ ކޮންގްރެސް މިއަދު ބޭއްވޭނެ ކަމަށް ގަބޫލުކުރާ ކަމަށް ފީފާ އިން ބުނެފައިވެ އެވެ. މީގެ އިތުރުން އިންތިހާބީ މަރުހަލާ އަށް އެއްވެސް ނުރަނގަޅު ނުފޫޒެއް އަތުވެއްޖެ ނަމަ، ވަކިން ހާއްސަކޮށް މިކަމާ ގުޅިގެން އާއްމު އިދާރާއަކުން ދެން އަޅާ ފިޔަވަޅަކާ ގުޅޭ މައުލޫމާތު، ވަގުތުން ވަގުތަށް އަންގަން ފީފާ އިން ވަނީ އެފްއޭއޭމްގެ ކިބައިން އެދިފައެވެ.

Sarukaarah gonjahaafa @FA_Maldives ge inthihaabu beyhvee Qaanoon aa qaanoonun baaru libigen hadhaafaivaa qavaaidhaa hilaafah. FAM ge Inthihaabakee baathil inthihaabeh kan minister @AhmedMahloof vidhaaluvaan jehey. Rahyyithun beynunvanee Qaanoonee dhaulatheh migaumugai hingan.
— 𝐀𝐥𝐢 𝐀𝐳𝐢𝐦 (@aliaazim) July 2, 2020
ބައްސާމާއި އޭނާ ހުށަހެޅުއްވި ޓީމު އެގްޒެކެޓިވް ކޮމިޓީ އަށް ހޮވުނީ، އިތުރު ކެންޑިޑޭޓެއް އެމަގާމުތަކަށް ކުރިމަތިލާފައި ނެތުމުން ވޯޓު ނެގުމެއް ނެތި ކަން ފާހަގަކޮށްލެވެއެވެ. އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާ ހާލަތެއްގައި، އެއްވެސް ކްލަބަކުން އިއުތިރާޒުނުކުރާ ނަމަ ވޯޓެއް ނެތި މަގާމުތަކަށް ހޮވޭ ގޮތެއް އަސާސީ ގަވާއިދަށް ބަދަލު ގެނައީ މިއަދުގެ ކޮންގްރެސްގައި، މެމްބަރުންގެ އިއްތިފާގުންނެވެ.
އެކަމަކު ކޮންގްރެސް އޮންނަ ދުވަހާއި ތާރީހާއި އަދި ލައިވްކުރާކަން ވެސް އެފްއޭއެމުން މީޑިއާ އަށް އަންގާފައެއް ނުވެ އެވެ. އިންތިހާބު މިއަދު އޮންނަކަން އެނގުނީ ފީފާ އިން އިއްޔެ އެފްއޭއެމަށް ފޮނުވި ސިޓީއަކުންނެވެ. އެސިޓީއަކީ އަލީ އާޒިމް މަޖިލީހަށް މައްސަލަ ހުށަހެޅުއްވުމުން އެފްއޭއެމުން އެކަން ފީފާގެ ސަމާލުކަމަށް ގެނުމާ އެކު، ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ އިން އެފްއޭއެމަށް ފޮނުވި ސިޓީއެކެވެ.
އެ ސިޓީގައި ވަނީ އެފްއޭއެމަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު ވަންނަ ނަމަ، ދިވެހި ފުޓްބޯޅަ އަށް ސަސްޕެންޝަނެއް އަތުވެދާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި އެފްއޭއެމްގެ ގަވާއިދާ އެއްގޮތަށް، މިނިވަންކަމާ އެކު އެ އެސޯސިއޭޝަނުގެ އިންތިހާބީ މަރުހަލާ ކުރިއަށް ގެންގޮސް، މިހާރު ރޭވިފައިވާ ގޮތަށް އިންތިހާބީ ކޮންގްރެސް މިއަދު ބޭއްވޭނެ ކަމަށް ގަބޫލުކުރާ ކަމަށް ފީފާ އިން ބުނެފައިވެ އެވެ. މީގެ އިތުރުން އިންތިހާބީ މަރުހަލާ އަށް އެއްވެސް ނުރަނގަޅު ނުފޫޒެއް އަތުވެއްޖެ ނަމަ، ވަކިން ހާއްސަކޮށް މިކަމާ ގުޅިގެން އާއްމު އިދާރާއަކުން ދެން އަޅާ ފިޔަވަޅަކާ ގުޅޭ މައުލޫމާތު، ވަގުތުން ވަގުތަށް އަންގަން ފީފާ އިން ވަނީ އެފްއޭއޭމްގެ ކިބައިން އެދިފައެވެ.
ކިޔުންތެރިންގެ ހިޔާލު