ތުޅާދޫ؛ ބޮޑުފިނޮޅުގައި ރަހީނުކޮށްފައިވާ ދިވެހިން ސަލާމްތް ކުރުމަށް ފުލުހުން އެރަށަށް އެރުމަށް ތައްޔާރުވެފައި (ފޮޓޯ- އެފްބީ)
ތުޅާދޫ؛ ބޮޑުފިނޮޅުގައި ރަހީނުކޮށްފައިވާ ދިވެހިން ސަލާމްތް ކުރުމަށް ފުލުހުން އެރަށަށް އެރުމަށް ތައްޔާރުވެފައި (ފޮޓޯ- އެފްބީ)
ބ. ތުޅާދޫ ފަޅުތެރޭގައި އޮންނަ ބޮޑުފިނޮޅުގައި ރިސޯޓެއް ހަދަން މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންތަކަކާއި ފުލުހުންނާ ދެމެދު މިއަދު ކުރިމަތިލުން ހިނގައި ބައެއް މީހުންނަށާއި ފުލުހުންނަށް އަނިޔާވެއްޖެއެވެ.

ބޮޑުފިނޮޅުގައި ހަދަމުން އަންނަ މި ރިސޯޓުގެ ބިދޭސީ މުވައްޒަފުން ހަމަނުޖެހުން ހިންގީ، އެ މީހުންނަށް ހަ މަސް ދުވަހުގެ މުސާރަ ނުދީގެން ކަމަށް ބުނެ އެވެ. މި މައްސަލައިގައި އެ ރަށުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުން، އެ ރަށުން ފޭބިޔަ ނުދީ ހިފެހެއްޓި ކަމަށްވެސް ވެއެވެ. އެ ރަށް ރިސޯޓަކަށް ހަދަމުން އަންނަނީ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ އެވެ.

ފުލުހުންގެ އިދާރާ އިން ބުނީ، ބ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝް ބަޔަކު އެރަށުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުން އެރަށުން ފޭބިއަ ނުދީ ހިފަހައްޓަައި ހަމަނުޖެހުން ހިންގަމުންދާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެ ރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެ ހަމަނުޖެހުން ކޮންޓްރޯލްކުރަން ފުލުހުންގެ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އޭގެ ތެރެއިން ބައެއް ފުލުހުންނަށް އަނިޔާވެ، ތުޅާދޫ ސިއްހީ މަރުކަޒުގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށްވެސް  އެނގިފައިވެއެވެ. ރަށުގައި މަސައްކަތްކުރާ ދިވެހީން ރަށުން ފޭބިޔަ ނުދީ ރަހީނު ކޮށްފައިވާކަން އެނގުމުން، ތުޅާދޫގެ އާންމުންގެ ބަޔަކުވެސް އެކަން ހުއްޓުވަން ދޯންޏެއްގައި ބޮޑުފިނޮޅަށް ފުރާފައިވާ ކަމަށް ތުޅާދޫ އިން ވާހަކަ ދެއްކި ބައެއް މީހުން ބުނެ އެވެ.

 


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން