ކޯވިޑް-19 އަށް ރާއްޖެއިން މިއަދު އަލަށް ޕޮޒިޓިވުވެފައިވަނީ 18 މީހުންކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ، ކޯވިޑް-19 އަށް އަލަށް ޕޮޒިޓިވްވި 18 މީހުންނާއެކު ރާއްޖެއިން މިބައްޔަށް މުޅި ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު 2،400 އަރައިފައި ވާކަމަށެވެ.
އަލަށް ކޯވިޑް-19 އަށް ޕޮޒިޓިވުވި 18 މީހުންގެ ތެރޭގައި ހިމެނެނީ ހަތް ދިވެހިންނާއި 11 ބަންގުލަދޭޝް މީހުންނެވެ. މި އެންމެންނަކީވެސް ރޭގެ 18:00 އިން މިރޭގެ 18:00 އަށް މިބައްޔަށް ޕޮޒިޓިވްވި މީހުންނެވެ.
ކޯވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރަމުން އެޗްޕީއޭ އިން މިރޭ ކުރި ޓުވީޓުގައި ބުނެފައިވަނީ، އަލަށް މިބަލިން 15 މީހުން ރަނގަޅުވެފައިވާ ކަމަށާއި މިއާއެކު ޖުމްލަ ރަނގަޅުވީ މީހުންގެ އަދަދު 1969 އަށް އަރައިފައިވާ ކަމަށެވެ. މިއާއެކު މިހާރު ފަރުވާދޭ މީހުންގެ އަދަދަކީ 416 އެވެ.
ރާއްޖޭގައި ކޯވިޑް-19 އަށް ޓެސްޓުކުރުމަށް މިހާތަނަށް 52،962 ސާމްޕަލް ނަގާފައިވާއިރު، އައިސޮލޭޝަން ފެސިލިޓީގައި 275 ފަރާތަކާއި ކަރަންޓީނު ފެސިލިޓީގައި 115 ފަރާތެއް ވާކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ. އަދި މިބަލީގައި ރާއްޖެއިން 10 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު