ކޯވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު މިރޭ މަރުވެ ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު 11 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ކޯވިޑް-19 ޖެހިގެން މިރޭ މަރުވީ 39 އަހަރުގެ އިންޑޮނޭޝިޔާ ފިރިހެނެއް ކަމަށެވެ.
ކޯވިޑް-19ގައި ރާއްޖެއިން 11 ވަނަ މީހާ މިރޭ މަރުވެފައިވާއިރު އެޗްޕީއޭއިން މިރޭ ބުނީ، މިއަދު ބައްޔަށް އަލަށް ޕޮޒިޓިވްވި 18 މީހުންނާއެކު ރާއްޖެއިން މިބައްޔަށް މުޅި ޖުމްލަ 2،400 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ކޯވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރަމުން އެޗްޕީއޭ އިން މިރޭ ކުރި ޓުވީޓުގައި ބުނެފައިވަނީ، އަލަށް މިބަލިން 15 މީހުން ރަނގަޅުވެފައިވާ ކަމަށާއި މިއާއެކު ޖުމްލަ ރަނގަޅުވީ މީހުންގެ އަދަދު 1969 އަށް އަރައިފައިވާ ކަމަށެވެ. މިއާއެކު މިހާރު ފަރުވާދޭ މީހުންގެ އަދަދަކީ 416 އެވެ.

ކިޔުންތެރިންގެ ހިޔާލު