ދަރުމަވަންތަ ހޮސްޕިޓަލް؛ ކޯވިޑް-19 ގައި ހާލު ބޮޑުވާ މީހުންނަށް މިހާރު ފަރުވާ ދެނީ ދަރުމަވަންތަ ހޮސިޕިޓަލްގައި
ދަރުމަވަންތަ ހޮސްޕިޓަލް؛ ކޯވިޑް-19 ގައި ހާލު ބޮޑުވާ މީހުންނަށް މިހާރު ފަރުވާ ދެނީ ދަރުމަވަންތަ ހޮސިޕިޓަލްގައި
ރާއްޖެއިން ކޮވިޑް ޖެހިގެން 11 ވަނަ މީހަކު މަރުވިކަމަށް މިރޭ މައުލޫމާތު ދެވުނީ އޮޅުމަކުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ އިން ބުނެފިއެވެ.

އެޗްޕީއޭ އިން ކުރި ޓްވިޓެއްގައި ބުނެފައިވަނީ އިންޑޮނޭޝިއާ މީހާގެ މަރަކީ ކޮވިޑް މަރެއް ނޫން ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އޭނާ މަރުވީ އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މިރޭ 9:47 ހާއިރު ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

އިންޑޮނޭޝިޔާ މީހާ ކޮވިޑް-19 އަށް ޕޮޒިޓިވް ވި ކަން އެނގުނީ، ދެ ވަނަ ސާޖަރީ ހެދުމުގެ ކުރިން ޓެސްޓުކުރުމުން ކަމަށެވެ. އެމީހާ މަރުވެފައިވަނީ ކެންސަރު ބަލީގައި ކަމަށް އެޗްޕީއޭއިން ފަހުން ކުރި ޓްވީޓްގައި ބުނެފައި ވެއެވެ.

ކޮވިޑް-19 ގެ މަރެއްގެ ގޮތުގައި ބައިނަލްއަގުވާމީ ގޮތުން ބަލާ މިންގަނޑުތަކުން އެއީ އެ ބަލީގައި މަރުވި މީހެއް ކަމަށް ނުނިންމޭނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެހެންވެ އެ މީހާއަކީ ރާއްޖެއިން މަރުވި 11 ވަަނަ މީހާ ކަމަށް ނުބެލޭނެ ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.

ރާއްޖެއިން، ކޮވިޑް-19 ގައި އިންޑޮނޭޝިއާ މީހަކު މަރުވެފައިވާ ކަމަށް އެޗްޕީއޭއިން ކުރިން ބުންޏެވެ. އެހެންނަމަވެސް 10:45 ގައި ކުރި ޓްވީޓު ފަހުން ވަނީ ޑިލީޓްކޮށްފައެވެ.

އެހެންވީމާ ކޮވިޑް19 ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވި ކަމަށް ކުރިން އޮތް ގޮތަށް އެޗްޕީއޭއިން މިހާރު ނިންމާފައި މިވަނީ 10 މީހުން ކަމަށެވެ.

މީގެ ތެރޭ ހިމެނެނީ ފަސް ދިވެހިންނާއި ފަސް ބިދޭސިންނެވެ. ބިދޭސިންގެ ތެރޭ ބަންގްލަދޭޝްގެ ހަތަރު މީހެއްގެ އިތުރުން ދެން ހިމެނެނީ ފިލިޕީންސް މީހެކެވެ. ރާއްޖެއިން މިހާތަނަށް 2400 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރެއިން 1964 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު


-1

ދަވާލި19

03-Jul-2020

ހަމަހޭ ބުއްދި ސަލާމަތުންތަ މިމީހުންތިބެނީ



ޓްރެންޑިން