ބޮޑު ފިނޮޅުގައި ބިދޭސީންތަކެއް ހިންގި ހަމަނުޖެހުމުގައި ރަހީނުކުރި 12 ދިވެހިން ސަލާމަތްކޮށް ހަމަނުޖެހުން ކޮންޓްރޯލް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ އިދާރާ އިން ބުނީ ބޮޑުފިނޮޅަށް ފުލުހުންގެ ޚާއްސަ ޓީމަކުން އަރައި، އެ ރަށުގައި ރަހީނުކޮށްފައި ތިބި 12 ދިވެއްސަކު ސަލާމަތް ކޮށްފައިވާ ކަމަށެވެ. ރަހީނުކޮށްފައިވާ ދިވެހިން ސަލާމަތް ކުރުމުގެ ތެރޭގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށާއި، އެންމެންގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެއެވެ.
ބ. ތުޅާދުއާ އެއްފަޅެއްގައި އޮންނަ ބޮޑުފިނޮޅުގައި ރިސޯޓެއް ހެދުމުގެ މަސައްކަތުގައި އުޅޭ ބިދޭސީން ހަޅުތާލުކޮށް ހަމަނުޖެހުން ހިންގާފައިވަނީ އެމީހުންގެ މުސާރަ ނުދީގެންނެވެ. ބިދޭސީން ހިންގި ހަމަނުޖެހުންތަކުގައި ބޮޑު ފިނޮޅުގައި ހުރި ވެހިކަލްތަކާއި މުދަލާއި ތަންތަނަށް ބޮޑެތި ގެއްލުންތަކެއްދީ މުޅި ރަށް ވަނީ ތަޅާ ސުންނާފަތިކޮށްލާފައެވެ.
ބޮޑުފިނޮޅުގައި ހުރި މިސްކިތް ފިޔަވައި ދެން އެރަށުގައި ހުރިހާ ތަންތަނާއި ތަކެއްޗާއި ވެހިކަލްތަކާއި މުދަލަށް ބިދޭސީން ވަނީ ގެއްލުންދީފައެވެ. ބޮޑުފިނޮޅުގައި ބިދޭސީން ލައްވައި މަސައްކަތް ކުރުވާ، މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރިޒާގެ ކުންފުނިން މުސާރަ ނުދީގެން، ހިންގި މި ހަމަނުޖެހުންތަކުގައި އެ ރަށުގައި ގެންގުޅޭ ވެހިކަލްތަކާއި އިމާރާތްތަކުގައި ހުރި ބައެއް ތަކެއްޗަށް ވެސް ގެއްލުން ދީފައިވާ ކަމަށް ފުލުހުން ވެސް ވަނީ ހާމަކޮށްފައެވެ.
ފުލުހުން ބުނީ މައްސަލަ ހައްލު ކުރުމަށްޓަކައި ރާއްޖޭގައި ހުންނަ ބަންގްލަދޭޝް އެމްބަސީގެ ޓީމެއް ވެސް ބޮޑުފިނޮޅަށް ގެންދިޔަ ކަމަށެވެ. ބޮޑުފިނޮޅުގައި ރިސޯޓެއް ހެދުމުގެ މަސައްކަތުގައި އުޅޭ ބިދޭސީން ކުރަމުންދާ ހަޅުތާލު ހޫނުވެ، އެ ރަށަށް އަރަން ދިޔަ ފުލުހުންނަށް އެންމެ ފުރަތަމަ އެރޭގޮތެއް ނުވިއެވެ. ދެފަހަރެއްގެ މަތީން މަސައްކަތް ކޮށްގެންވެސް ތުޅާދޫން ދިޔަ ފުލުހުންނަށް ބޮޑުފިނޮޅަށް އެރޭގޮތް ނުވުމުން ފަހުން ފުލުހުން ވަނީ އަނބުރާ ތުޅާދޫއަށް ގޮސްފައެވެ.
އެރަށުގެ ޖެޓީ މަތީގައި ހަތިޔާރު ހިފައިގެން ތިބި ބިދޭސީންތަކެއް ވަނީ ފުލުހުންނަށާއި ފުލުހުން ދަތުރުކުރި ދޯންޏަށް ގާއުކައި ހަމަލާ ދީފައެވެ. އެރަށައް އަރަން ފުލުހުން ކުރި މަސައްކަތުގައި ހިނގި ހަމަނުޖެހުންތަކުގައި ފުލުހުންނާއި ބައެއް އާންމުންނަށް ވެސް އަނިޔާވެފައިވެއެވެ. އެގޮތުން ފުލުހެއްގެ ބޯ ފަޅައިގެން ގޮސް ހޮސްޕިޓަލުގައި ފަރުވާދީފައިވެއެވެ.
ފުލުހުން އެރަށައް އަރަން ކުރި މަސައްކަތް ނާކާމިޔާބުވުމުން އެންމެ ފަހުން މާލެ އިން ވަނީ އެސްއޯ ޓީމުގެ ބޮޑު ފައުޖެއް ސަލާމަތީ ފިޔަވަޅުތަކާއެކު ބޮޑު ފިނޮޅަށް އަރާފައެވެ. ފުލުހުން އެރަށައް އަރައި ބިދޭސީންނާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު، ސުލްހަވެރިކަމާއެކު، މައްސަލަ ހައްލު ކުރުމަށް ފުލުހުންނަށް އެއްބާރުލުން ދޭން އެ މީހުން ވަނީ އެއްބަސްވެފައެވެ.
ފުލުހުން ބުނީ އެ މީހުން އަމަލު ކުރަމުން ގެންދިޔައީ ފުލުހުން އަންގާ ގޮތުގެ މަތިން، ފުލުހުންގެ އިރުޝާދާ އެއްގޮތަށް ކަމަށެވެ. އަދި އޭގެ ތެރެއިން އެއްވެސް ބަޔަކު ފިލަން އުޅުން ފަދަ އަމަލެއް ނުހިންގާ ކަމަށް ފުލުހުން ބުނެ އެވެ. ބޮޑު ފިނޮޅުގައި ބިދޭސީން ތިބި ތަންތަނާއި ރަށުގެ އެކި ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.
ފުލުހުންގެ ތަހުގީގު ޓީމުތަކުގެ ތެރޭގައި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓުގެ ޓީމަކާއި ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ޓީމެއް ހިމެނެއެވެ. މީގެ އިތުރުން ފުލުހުންގެ ސީން އޮފް ކްރައިމް އޮފިސާސް ޓީމަކާއި ތަހުގީގު ޓީމުތައް ރަށުތެރޭގައި ހަރަކާތްތެރިވަމުން ދާކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ތުޅާދުއާ އެއްފަޅެއްގައި އޮންނަ ބޮޑުފިނޮޅުގައި ރިސޯޓު ހެދުމުގެ މަސައްކަތް ސީލް މޯލްޑިވްސް ކިޔާ ކުންފުންޏަކުން ހަވާލުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ އާރުއައި އެކްސްއާ އެވެ. އޭނާ އަކީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ. ބ އަތޮޅުގައި ހަދަމުންދާ ރިސޯޓުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ މުސާރަ ހަމަޖައްސައިދިނުން އެދި ތަކުރާރުކޮށް ރިސޯޓުގެ މެނޭޖްމަންޓުގައި އެދިފައިވާނެ ކަމަށް ކޮންޓްރެކްޓަރ އަލީ ރިޒާ ވަނީ ވިދާޅުވެފައެވެ.
އޭގެ އިތުރުން، ކޮވިޑް-19 ގެ މި ޙާލަތުގައި ކުންފުނިތަކަށްވެސް މާލީ ދަތިކަމާ ކުރިމަތިލާން ޖެހިފައިވާއިރު، ކުންފުނިން މުސާރަ ދިނުން ލަސްވެގެން ދަނީ އެކަމުގެ ސަބަބުން ކަމަށް ބެލެވޭކަމަށްވެސް ރިޒާ ވިދާޅުވިއެވެ. އަދި އޮންނަ އުސޫލުގެ ދަށުން 4 މަހުގެ މުސާރައަށްވާ ފައިސާވެސް ބިލު ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މުސާރަ ހަމަޖައްސައިދިނުން އެދި މިއަދާ ހަމައަށްވެސް މެނޭޖްމަންޓުގައި އެދިފައިވާނެކަން ފާހަގަ ކުރައްވައި ރިޒާ ވިދާޅުވީ، މެއި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުންގެ މަސައްކަތްވެސް އޮތީ ހުއްޓާލާފައި ކަމަށެވެ.
ބޮޑު ފިނޮޅުގައި 200 އެއްހާ ބިދޭސީން މަސައްކަތް ކުރެއެވެ. ބިދޭސީން ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިނުވާ ކަމަށް ބުނާ 7 ބިދޭސީން ވަނީ ފަތާފައި ތުޅާދޫ އަށް އަރާފައެވެ.

Police operation on BAA Bodufinolhu island led by our Specialist Operations Department have successfully located and taken control of all 12 Maldivians who allegedly were held captive by disgruntled expatriate workers. Investigation and further action underway.
— Mohamed Hameed (@M_Hameedh) July 3, 2020
ފުލުހުން އެރަށައް އަރަން ކުރި މަސައްކަތް ނާކާމިޔާބުވުމުން އެންމެ ފަހުން މާލެ އިން ވަނީ އެސްއޯ ޓީމުގެ ބޮޑު ފައުޖެއް ސަލާމަތީ ފިޔަވަޅުތަކާއެކު ބޮޑު ފިނޮޅަށް އަރާފައެވެ. ފުލުހުން އެރަށައް އަރައި ބިދޭސީންނާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު، ސުލްހަވެރިކަމާއެކު، މައްސަލަ ހައްލު ކުރުމަށް ފުލުހުންނަށް އެއްބާރުލުން ދޭން އެ މީހުން ވަނީ އެއްބަސްވެފައެވެ.
ފުލުހުން ބުނީ އެ މީހުން އަމަލު ކުރަމުން ގެންދިޔައީ ފުލުހުން އަންގާ ގޮތުގެ މަތިން، ފުލުހުންގެ އިރުޝާދާ އެއްގޮތަށް ކަމަށެވެ. އަދި އޭގެ ތެރެއިން އެއްވެސް ބަޔަކު ފިލަން އުޅުން ފަދަ އަމަލެއް ނުހިންގާ ކަމަށް ފުލުހުން ބުނެ އެވެ. ބޮޑު ފިނޮޅުގައި ބިދޭސީން ތިބި ތަންތަނާއި ރަށުގެ އެކި ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.
ފުލުހުންގެ ތަހުގީގު ޓީމުތަކުގެ ތެރޭގައި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓުގެ ޓީމަކާއި ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ޓީމެއް ހިމެނެއެވެ. މީގެ އިތުރުން ފުލުހުންގެ ސީން އޮފް ކްރައިމް އޮފިސާސް ޓީމަކާއި ތަހުގީގު ޓީމުތައް ރަށުތެރޭގައި ހަރަކާތްތެރިވަމުން ދާކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ތުޅާދުއާ އެއްފަޅެއްގައި އޮންނަ ބޮޑުފިނޮޅުގައި ރިސޯޓު ހެދުމުގެ މަސައްކަތް ސީލް މޯލްޑިވްސް ކިޔާ ކުންފުންޏަކުން ހަވާލުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ އާރުއައި އެކްސްއާ އެވެ. އޭނާ އަކީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ. ބ އަތޮޅުގައި ހަދަމުންދާ ރިސޯޓުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ މުސާރަ ހަމަޖައްސައިދިނުން އެދި ތަކުރާރުކޮށް ރިސޯޓުގެ މެނޭޖްމަންޓުގައި އެދިފައިވާނެ ކަމަށް ކޮންޓްރެކްޓަރ އަލީ ރިޒާ ވަނީ ވިދާޅުވެފައެވެ.
އޭގެ އިތުރުން، ކޮވިޑް-19 ގެ މި ޙާލަތުގައި ކުންފުނިތަކަށްވެސް މާލީ ދަތިކަމާ ކުރިމަތިލާން ޖެހިފައިވާއިރު، ކުންފުނިން މުސާރަ ދިނުން ލަސްވެގެން ދަނީ އެކަމުގެ ސަބަބުން ކަމަށް ބެލެވޭކަމަށްވެސް ރިޒާ ވިދާޅުވިއެވެ. އަދި އޮންނަ އުސޫލުގެ ދަށުން 4 މަހުގެ މުސާރައަށްވާ ފައިސާވެސް ބިލު ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މުސާރަ ހަމަޖައްސައިދިނުން އެދި މިއަދާ ހަމައަށްވެސް މެނޭޖްމަންޓުގައި އެދިފައިވާނެކަން ފާހަގަ ކުރައްވައި ރިޒާ ވިދާޅުވީ، މެއި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުންގެ މަސައްކަތްވެސް އޮތީ ހުއްޓާލާފައި ކަމަށެވެ.
ބޮޑު ފިނޮޅުގައި 200 އެއްހާ ބިދޭސީން މަސައްކަތް ކުރެއެވެ. ބިދޭސީން ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިނުވާ ކަމަށް ބުނާ 7 ބިދޭސީން ވަނީ ފަތާފައި ތުޅާދޫ އަށް އަރާފައެވެ.
ކިޔުންތެރިންގެ ހިޔާލު