ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން
ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން
ދިވެހިރާއްޖޭގައި ދިވެހިން ރަހީނު ކުރުމަކީ ނުރައްކާތެރި ރަނގަބީލެއްގެ އަޑު ކަމަށް ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ބ. އަތޮޅު ބޮޑުފިނޮޅުގައި ބިދޭސީންގެ ބަޔަކު ދިވެހިންތަކެއް ރަހީނުކުރި ހާދިސާއާއި ގުޅިގެން ރޭ ކުރެއްވި ޓުވީޓެއްގައި ޣައްސާން ވަނީ މިފަދަ ކަމެއް ތަކުރާރުވިޔަނުދިނުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. ނަމަވެސް ދިވެހި ފުލުހުންނާއި ސިފައިން ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާއުގައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވާނެކަމާއި މެދު ޝައްކު ނުކުރައްވާ ކަމަށެވެ.

"ދިވެހިރާއްޖޭގައި ދިވެހިން ރަހީނު ކުރުމަކީ ނުރައްކާތެރި ރަނގަބީލެއްގެ އަޑު. މިފަދަ ކަމެއް ތަކުރާރުވިޔަނުދިނުމަށް ސަރުކާރަށް ގޮވާލަން. ދިވެހި ފުލުހުންނާއި ސިފައިން ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާއުގައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވާނެ ކަމީ ޝައްކެއްއޮތް ކަމެއްނޫން." ޕީޕިއެމްގެ ނާއިބް ރައީސް ޣައްސާން ވިދާޅުވިއެވެ.

ބޮޑު ފިނޮޅުގައި ބިދޭސީން ބޮޑު ހަމަނުޖެހުން ހިންގައި ދިވެހިން ރަހީނުކޮށްފައިވަނީ އެމީހުންނަށް މުސާރަ ނުދޭ ކަމަށް ބުނެ އެވެ. ބިދޭސީން ރަހީނުކުރި 12 ދިވެހިން ފުލުހުން މިހާރު ވަނީ ސަލާމަތްކޮށްފައެވެ. ފުލުހުން ބުނީ ރަހީނުކުރި ހުރިހާ ދިވެހިންގެ ހާލުވެސް ރަނގަޅު ކަމަށެވެ. ބޮޑު ފިނޮޅުގައި ބިދޭސީން ހިންގި ހަމަނުޖެހުންތަކުގައި އެރިސޯޓްގެ ވެހިކަލްތަކާއި ރިސޯޓްގެ އެކި އިމާރަތްތަކާއި ތަކެެއްޗަށް ވަނީ ބޮޑެތި ގެއްލުން ތަކެއް ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން