ބ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންތަކަކަށް މުސާރަ ނުލިބިގެން ހިންގި ހަމަނުޖެހުމުގައި 19 ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެނަސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޖުލައި މަހުގެ ދެވަނަ ދުވަހުގެ ހެނދުނު 09:30 ހާއިރު އެ ރިސޯޓުގައި މަސައްކަތް ކުރާ 15 ދިވެހިން ރިސޯޓުން ފޭބުމަށް މަސައްކަތް ކުރުމުން އެ ރިސޯޓުގައި ތިބި 203 ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު އެކަމަށް ހުރަސް އަޅާ، އެމީހުން ރިސޯޓުން ފޭބިޔަ ނުދިން ކަމުގައި މައުލޫމާތު ފުލުހުންނަށް ލިބުނު ކަމަށެވެ.
އަދި، ލިބުނު މި މައުލޫމާތުތަކާއި ގުޅިގެން ބ. ތުޅާދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުން އެ ރިސޯޓަށް ދިޔުމުން ބިދޭސީ މަސައްކަތްތެރިން ރުޅިވެރިކަން އިސްކޮށް ފުލުހުންނަށް ދެކޮޅުވެރިކަން ދައްކާފައިވާ ކަަމަށް ފުލުހުން ބުނެ އެވެ. އިތުރު ފުލުހުން އެ ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައި ރިސޯޓަށް ދިޔުމުން އެ ފުލުހުންނާއި ދިމާލަށް އޮށްގަލާއި ދަގަނޑުބުރިތައް އުކައި، ހަމަނުޖެހުން ހިންގާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެގޮތުން މި ހަމަނުޖެހުމުގައި އެއް ފުލުހެއްގެ ބޯފަޅައިގެން ގޮސް ސީރިއަސް އަނިޔާތަކެއް ލިބުމާއި ގުޅިގެން ބ. އަތޮޅު ސިއްހީ މަރުކަޒުން ފަރުވާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެއް ފުލުހެއްގެ އިނގިލި ބިންދައިގެން ގޮސް އަނިޔާވެފައިވާއިރު ގިނަ އަދަދެއްގެ ފުލުހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.
ފުލުހުންގެ އިސް ދެ އޮފިސަރުން ހިމެނޭ ގޮތަށް ޕަބްލިކް އޯޑަރ ރެސްޕޮންސް ޔުނިޓް ޓީމަކާއި ފުލުހުންގެ ތަހުޤީޤު ޓީމެއް ބަންގްލަދޭޝް ހައިކޮމިޝަންގެ އޮފިޝަލުންނާއެކު ރޭގެ ފަތިހުގެ ވަގުތެއްގައި ބޮޑުފިނޮޅަށް ގޮސް ދިވެހިން ސަލާމަތްކޮށްފައިވާ ކަމަށް އެބަޔާކުގައި ފުހުން ބުނެފައި ވެއެވެ. އަދި މި ޓީމް އެ ރިސޯޓަށް ދިޔަފަހުން އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ރިސޯޓުގައި ހުރި ތަކެއްޗަށާއި ތަންތަނަށް ދީފައިވާ ގެއްލުން ބަލައި މައުލާމާތު އެއްކުރަމުގެ މަސައްކަތް މިހާރު ފުލުހުން ކުރަމުން ގެންދާ ކަމަށްވެސް ބަޔާނުގައިވެއެވެ. އަދި މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓާއި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓް ގުޅިގެން ތަހުޤީޤު ކުރަމުންދާ ކަމަށްފުލުހުން ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު