މިދިޔަ އަހަރާ އަޅާބަލާއިރު ރާއްޖޭގެ ފަތުރުވެރިކަން 19 އިންސައްތަ ކުރިއަރާފައިވާ ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުން ދައްކައިފިއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 666،830 ފަތުރުވެރިން އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައީ 557،445 ފަތުރުވެރިންނެވެ.
އެހެންކަމުން މި އަހަރުގެ މި މުއްދަތުގައި، މިދިޔަ އަހަރާ އަޅާބަލާއިރު 19 އިންސައްތަ އިތުރަށް ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ރަޝިޔާއިން އައިސްފައިވަނީ 79،166 ފަތުރުވެރިންނެވެ. ދެވަނައިގައި އޮތް އިންޑިޔާއިން ރާއްޖެއަށް އައިސްފައިވަނީ 71،289 ފަތުރުވެރިންނެވެ. އަދި ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން ރާއްޖެއަށް ވަނީ 64،063 ފަތުރުވެރިން އައިސްފައެވެ.
ޗައިނާ މާކެޓަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ޗައިނާ އިން 27،706 ފަތުރުވެރިއަކު ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ޗައިނާ މިހާރު އޮތީ ރާއްޖޭގެ ފަތުރުވެރިންގެ މާކެޓްގެ 7 ވަނައިގައެވެ.
ތަފާސްހިސާބުން ދައްކާގޮތުގައި ރާއްޖެއަށް އަންނަ ފަތުރުވެރިން އެވަރެޖްކޮށް 8 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރެއެވެ. ރާއްޖެއިން މިއަހަރަށް ފަތުރުވެރިކަމުގެ ދާއިރާއަށް ކަނޑައަޅާފައިވާ އަމާޒަކީ 1.8 މިލިއަން ފަތުރުވެރިން ގެނައުމެވެ؛

ކިޔުންތެރިންގެ ހިޔާލު