ސޮވެރިން ޑިވްލޮޕްމަންޓް ފަންޑަށް 301 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިއަހަރުގެ މިހާތަނަށް ސޮވެރިން ފަންޑަށް 301 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެސްޑީއެފަށް ޖަމާކޮށްފައިވަނީ 234.4 މިލިއަން ރުފިޔާ އެވެ.
މިއަހަރު ނިމޭއިރު އެ ފަންޑަށް 871.4 މިލިއަން ރުފިޔާ ޖަމާކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފައެެވެ. މިދިޔަ އަހަރު ނިމުނުއިރު ސޮވެރިން ފަންޑަށް ވަނީ 820.1 މިލިއަން ރުފިޔާ ޖަމާކޮށްފައެވެ.
ސޮވެރިން ފަންޑަކީ ކުއްލި ހާލަތެއް މެދުވެރިވެ ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާފައިވާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމަށް ދަތިވާ ޙާލަތެއްގައި ލޯނުތައް ދެއްކުމުގެ ގާބިލްކަން ހޯދުމަށް ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި 2017 ގައި އުފެއްދި ފަންޑެކެވެ.
ސޮވެރިން ފަންޑަށް ފައިސާ ޖަމާކުރަނީ އެއާޕޯޓް ޑިވެލޮޕްމެންޓު ޗާޖް (އޭޑީސީ) އިންނާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާއެވެ.

ކިޔުންތެރިންގެ ހިޔާލު