ކޯވިޑް-19 ސާމްޕަލް ނެގުމުގައި ޙަރަކާތްތެރިވާ ޓީމެއް
ކޯވިޑް-19 ސާމްޕަލް ނެގުމުގައި ޙަރަކާތްތެރިވާ ޓީމެއް
މިއަދު ކޯވިޑް-19 އަށް 10 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށާއި 7 މީހުން ބަލިން ރަނގަޅު ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވް ވި 10 މީހުންގެ ތެރޭގައި ހިމެނެނީ 4 ދިވެއްސަކާއި، ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާގެ އެކަކާއި އިންޑޮނޭޝިއާގެ މީހެއްކަމަށެވެ. މި އަދަދާއެކު މި ބައްޔަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ޖުމްލަ އަދަދު 2410 އަށް ވަނީ އަރާފައެވެ.

މިއަދުގެ މިހާތަނަށް ކޯވިޑް-19 އިން ރަނގަޅުވީ މީހުންގެ އަދަދު 1976 އަށް އަރައިފައިވާއިރު މިބައްޔަށް މިހާރު ރާއްޖޭގައި ފަރުވާ ހޯދަމުންދަނީ 419 މީހުންނެވެ. މިވަގުތު ކަރަންޓީންގައި ތިބީ 115 މީހުންކަމަށާއި، އައިސޮލޭޝަންގައި ތިބީ 264 މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިހާތަނަށް ކޯވިޑް-19 އިން 1،976 މީހުން ރަނގަޅުވެފައިވާ އިރު، އިއްޔެގެ ނިޔަލަށް މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 1،969 އެވެ. މިއަދު މިވަނީ 7 މީހުން މިބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ޓެސްޓު ކުރުމަށް މިހާތަނަށް ޖުމްލަ ނެގި ސާމްޕަލްގެ އަދަދަކީ 53،867 އެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 10 މީހަކު މަރުވެފައި ވާއިރު، އެންމެ ފަހުން މަރުވެފައި ވަނީ އުމުރުން 92 އަހަރުގެ ދިވެއްސެކެވެ. މީގެ އިތުރުން މަރުވެފައި މީހުންގެ ތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނަކާއި 88 އަހަރުގެ ދިވެހި ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 89 އަހަރުގެ ދިވެހި އަންހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 43 އަހަރުގެ ޕިޕީންސް ފިރިހެނެކެވެ.

މީގެ ކުރިން އެންއީއޯސީގެ ދަށުން ކޯވިޑް-19ގެ ކަންކަން ބަލަމުން ދިޔަ ނަމަަވެސް މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކޮވިޑްގެ ކަންކަން ބަލަމުން ދަނީ ސީދާ ހެލްތް މިނިސްޓްރީގެ ދަށުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން