ކޯވިޑް-19 ގައި ހާލު ބޮޑުވާ މީހުންނަށް މީގެ ކުރިން ފަރުވާ ދެމުން އައި ޓްރީ ޓޮޕް ހޮސްޕިޓަލުގައި. ނަމަވެސް ހުސްވި މަހުގެ ނިޔަކަށް އެ ހޮސްޕިޓަލް ވަނީ އާންމު ހާލަތަށް ގެނަސްފަ (ރަސް ފޮޓޯ- އިއްސެ)
ކޯވިޑް-19 ގައި ހާލު ބޮޑުވާ މީހުންނަށް މީގެ ކުރިން ފަރުވާ ދެމުން އައި ޓްރީ ޓޮޕް ހޮސްޕިޓަލުގައި. ނަމަވެސް ހުސްވި މަހުގެ ނިޔަކަށް އެ ހޮސްޕިޓަލް ވަނީ އާންމު ހާލަތަށް ގެނަސްފަ (ރަސް ފޮޓޯ- އިއްސެ)
އައިޖީއެމްއެޗް ގެ ތިން ނަރުހުން އަދި އެ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދިޔަ ދެ މީހަކަށް ކޮވިޑް ޖެހިފައިވާ ކަމަށް ހެލްތް މިނިސްޓްރީ އިން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނެފައިވަނީ ޕޮޒިޓިވްވެފައިވަނީ އައިޖީއެމް ހޮސްޕިޓަލްގެ އައިސީޔޫ ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ދެ މުވައްޒިފުން ކަމަށެވެ. އަދި އެ ހޮސްޕިޓަލްގައި އެހެން ބައްޔަކަށް ފަރުވާ ހޯދަމުންދިޔަ ދެ މީހަކުވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް މިނިސްޓްރީ އިން ބުނެފައިވެއެވެ.އެ މީހުންގެ ހާލު ރަނގަޅު ކަމަށްވެސް ހެލްތު މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ކޮވިޑް ޖެހިފައިވާ އިންޑޮނޭޝިއާ މީހަކު ރޭ ވަނީ މަރުވެފައެވެ. ނަމަވެސް އޭނާ މަރުވެފައިވަނީ ކެންސަރު ބަލީގައި ކަމަށާ އޭނާއަށް ކޮވިޑް ޖެހިފައިވާކަން އެނގިފައިވަނީ ދެވަނަ އޮޕަރޭޝަން ކުރުމުގެ ކުރިން ސާމްޕަލް ނަގާފައި ވަނިކޮށް އޭނާ މަރުވިފަހުން ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އޭނާއަކީ ރާއްޖެއިން ބަލީގައި މަރުވި 11 ވަނަ މީހާ ކަމަށް ބުނިނަމަވެސް ފަހުން އެޗްޕީއޭއިން ވަނީ އޭނާގެ މަރަކީ ކޮވިޑްގެ މަރެއް ނޫން ކަމަށް ނިއްމާފައެވެ.

މިއަދު އައިޖީއެމްއެޗުން ޕޮޒިޓިވްވި ފަސް މީހުންނަކީވެސް އިންޑޮނޭޝިޔާ މީހާގެ ކޮންޓެކްޓުންނެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން